ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ބޭނުންކުރުމަށް އެކައުންޓް ހުޅުވާފައިވާ ފަރާތްތަކުގެ އަދަދު 3،800 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުވުމުގެ ކުރިން ރާއްޖޭގެ ވިޔަފާރިތަކަށް، ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ މުއާމަލާތްތައް ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު ކަމަށެވެ. އަދި މިފަދަ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުހަނު އިސްކަންދޭ މުހިންމު ސިޔާސަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ވަޒީރު ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަކީ ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދެނީ އުރީދޫ މޯލްޑިވްސްއާއި ޕޭޕަލްއާ ދެމެދު ޤާއިމުކުރެވުނު އެއްބަސްވުމެއްގެ ދަށުން، އުރީދޫ 'އެމް ފައިސާ' މެދުވެރިކޮށެވެ.
މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް ތަޢާރަފުކުރި މި ޚިދުމަތާއެކު، ސަރަޙައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ޑިޖިޓަލް އިގްތިސާދެއް އޮތް ގައުމުތަކުގެ ސަފަށް ރާއްޖެ މިވަނީ އަރާފައެވެ.
ޒަމާނީ އޮންލައިން ޕޭމަންޓް ނިޒާމުތަކާއި އީ-ވޮލެޓްގެ ޚިދުމަތްތައް ރާއްޖެއަށް ތައާރަފުކޮށް، ބައިނަލްއަގުވާމީ މާލީ މުޢާމަލާތްތައް ދިވެހި ރައްޔިތުންނަށް ފަސޭހަކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ. މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ފްރީލާންސް މަސައްކަތްތެރިންނަށާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު