ކޯވިޑް-19 އާއި ގުޅިގެން ލޭ ލިބުން ދަތިވެފައިވާތީ ވީހާވެސް ގިނަ ބަޔަކު ލޭ ހަދިޔާ ކުރުމަށް މޯލްޑިވްސް ބްލަޑް ސާވިސް(އެމްބީއެސް) އިން އިލްތިމާސްކޮށްފިއެވެ.

އެމްބީއެސްއިން ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުން ދަތިވެފައިވާ ކަމަށެވެ. ޚާއްޞަކޮށް އޯ ޕޮޒިޓިވް އަދި ބީ ޕޮޒިޓިވް ލޭގެ ސްޓޮކް މަދުވެފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

މިކަމަކީ ކޮންމެ ރައްޔިތަކަށް ވެސް އާންމުކޮށް ހުޅުވިފައި އޮންނަ ފުރުސަތެއްކަމަށާއި ލޭ ހަދިޔާ ކުރަން ބޭނުންފުޅުވާ ފަރާތްތަކުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 އިން މެންދުރުފަހު 15:00 އާދެމެދުގެ ބްލަޑް ބޭންކަށް ވަޑައިގެން ލޭ ހަދިޔާ ކޮށްދެއްވުމަށް އެމްބީއެސް އިން އެދިފައި ވެއެވެ.

ބްލަޑް ސާވިސްގައި މިވަގުތު ތެލެސީމިއާގެ 635 ފަރާތް ރަޖިސްޓްރީ ކޮށްފައިވާއިރު އޭގެ ތެރެއިން 50 އިންސައްތައަކީ މާލޭގައި ދިރިއުޅޭމީފަރާތްތަކެވެ. އަދި އަނެއް 50 އިންސަތަ ކުދިން އުޅެނީ އެކި ރަށްރަށުގައެވެ.

ލޭހަދިޔާ ކުރުމަށް ބައެއް ފަރާތްތަކުން ޖެހިލުންވެ ބަިރުގަތް ނަމަވެސް އެކަމަކީ ރަނގަޅު ޞިއްޙަތެއްގައި ހުންނަ އެއްވެސް އިންސާނަކަށް ޞިއްޙީ ގޮތުން އެއްވެސް މިންވަރެއްގެ ގެއްލުމެއް ލިބޭނެ ކަމެއް ނޫންކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން