ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް، ގުދަންކޮށް އަދި ވިއްކަމުންދާ ފަރާތްތަކުން އެކަމަށް ބޭނުންވާ ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ޑިފެންސް އިން އެއް މަސްދުވަހުގެ ފުރުސަތެއް ދީފިއެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ނުރައްކާތެރި ކެމިކަލް ގެންގުޅޭ ބައެއް ފަރާތްތަކުން ގަވާއިދުން ނަގަންޖެހޭ ހުއްދަތައް ނުނަގާ އެ މަސައްކަތް ކުރަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ސަލާމަތީ މިންގަނޑުތަކަށް ނުފެތޭ ތަންތަނުގައި މިފަދަ ތަކެތި ގުދަންކޮށް ވިއްކުމަކީ، އާންމުންގެ ފުރާނައަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ނުރައްކާތެރި ހާދިސާތައް ހިނގުމަށް އޮތް ބޮޑު ފުރުސަތެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މާލޭގެ ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި ކެމިކަލް ގުދަންކޮށްފައި ހުރުމުގެ ސަބަބުން މީގެ ކުރިން ހިތާމަވެރި އަލިފާނުގެ ހާދިސާތައް ހިނގައި، މީހުންގެ ފުރާނަ ގެއްލި ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވެއެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، މާލޭގައި ހުރި ކެމިކަލް ގުދަންތައް މިހާރު ވަނީ ތިލަފުއްޓަށް ބަދަލުކޮށްފައެވެ. ނަމަވެސް، ކެމިކަލްތަކާ ބެހޭ ގަވާއިދުގެ ދަށުން މާލޭގައި މިފަދަ ތަކެތި ގުދަންކުރުން މަނާކޮށްފައި އޮތް ނަމަވެސް، ގަވާއިދާ ހިލާފަށް މާލޭގައި ކެމިކަލް ގުދަންކުރާ ކަމުގެ ޝަކުވާތައް ދޭތެރެ ދޭތެރެއިން ދަނީ ލިބެމުންނެވެ.
ޑިފެންސް މިނިސްޓްރީން އަންގާފައިވަނީ، ކެމިކަލް ވިއްކުމުގެ ހުއްދަ ނުނަގާ ތިބި ފަރާތްތަކުން މިއަދުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އެ ހުއްދަ ހޯދުމަށެވެ. އަދި ކެމިކަލް ވިއްކުމަށްޓަކައި އެ ތަކެތި ބަހައްޓާ ތަންތަން 'މަކުޑި' ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށްވެސް ވަނީ އަންގާފައެވެ.
މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ދީފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ގަވާއިދާ ހިލާފަށް ކެމިކަލް ވިއްކަމުންގެންދާ ފަރާތްތަކާމެދު ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު