ރާއްޖޭގެ ރަށްރަށުގެ މިސްކިތްތަކަށް ދިމާވެފައިވާ ޚަތީބުންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ "ޒުވާން ޚަތީބުން" ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 5 ވަނަ ބުރުގެ އޮޑިޝަންތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ހިންގާ މި ޕްރޮގްރާމަކީ ޒުވާން ޖީލުގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބިޖެއްސުމާއި، މިސްކިތްތަކުގެ މިންބަރުތަކަށް ޒުވާނުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި ފަށާފައިވާ މުހިންމު މަސައްކަތެކެވެ.
މި ފަހަރުގެ ބުރުގައި ޖުމްލަ 80 ޒުވާން ޚަތީބުން ތަމްރީނުކުރުމަށް ވަނީ ނިންމާފައެވެ. އެއީ މާލެ ސަރަޙައްދުން 40 ކުދިންނާއި، އަތޮޅުތަކުން 40 ކުދިންނެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މާލެ ސަރަޙައްދުގެ އޮޑިޝަންތައް މި މަހުގެ 12 އިން 20 އަށް ކުރިއަށްދާނެއެވެ. އަތޮޅުތެރޭގެ އޮޑިޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން 20 އަށެވެ. އޮޑިޝަންތަކުގެ ފުރަތަމަ ދުވަހު އެކަނިވެސް މާލެ ސަރަޙައްދުން 22 ޒުވާނަކު ބައިވެރިވެފައިވާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
މި ޕްރޮގްރާމް ޚާއްޞަކޮށްފައިވަނީ ގްރޭޑް 10، 11 އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށެވެ. އޮޑިޝަންތަކުން ހޮވޭ ކުދިންނަށް ތަމްރީނު ދިނުމުގެ ބައި ކުރިއަށްދާނީ މި މަހުގެ 23 އިން 30 އަށެވެ. އަތޮޅުތަކުން ހޮވޭ ކުދިންނަށް މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 4 ބުރެއް މިހާތަނަށް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، 600 އަށްވުރެ ގިނަ ޒުވާނުން ވަނީ މިހާތަނަށް ސަނަދު ހާސިލުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ ދަށުން މުޅި ރާއްޖެއަށް ޖުމްލަ 1000 ޒުވާން ޚަތީބުން ތަމްރީނުކޮށް ނެރުމެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު