މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް
މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް
މާލޭ ބޮޑުތަކުރުފާނު މަގު، އުސްފަސްގަނޑު ސަރަހައްދުގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވެފައިވަނީ މާލޭގެ ގްރީންޕީކް، އިބްރާހީމް ނާޞިޙު (39އ) ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗްއާ ހަވާލާދީ ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި ހާދިސާގައި ނާޞިޙު ނިޔާވީ ޓްރެއިލާ ލޮރީއެއްގެ ދަށުވެގެންނެވެ. ނަމަވެސް، އޭނާ އެ ލޮރީގެ ދަށުވާން މެދުވެރިވި ސީދާ ސަބަބަކީ އެ އުޅަނދާއި ސައިކަލް ޖެހުން ކަމަށް މިހާތަނަށް ބެލި ބެލުންތަކުން ނުފެންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއަދު ހަވީރު 15:57 އެހައިކަންހާއިރު ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅިގެން ދަރުބާރުގެ ސަރަހައްދުގެ ޓްރެފިކް ވަރަށް ބޮޑަށް ބާރުބޮޑުވެ، މަގު ބޭނުންކުރާ ފަރާތްތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު