މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރާ ޚަރަދުތައް ބޮޑުތަނުން އިތުރުވެ، މާލީ ހާލަތާ މެދު ކަންބޮޑުވުންތަކެއް އުފެދިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ވަނީ 23.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުކުރި 19.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 21.7 އިންސައްތައިގެ ނުވަތަ 4.2 ބިލިއަން ރުފިޔާގެ ބޮޑު އިތުރުވުމެކެވެ.
ޚަރަދުތައް މިހާ މަތީ މިންވަރަކަށް އުފުލުނު މައިގަނޑު ސަބަބަކީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އިތުރުވުމެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މުސާރައާއި އުޖޫރައަށް އެކަނިވެސް 3.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 13.9 އިންސައްތައިގެ ކުރިއެރުމެކެވެ.
މުސާރައާއި ޕެންޝަނަށް ކުރި ޖުމްލަ ޚަރަދު މިހާރު ވަނީ 8.0 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. ސަރުކާރުން "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި ދައުލަތުގެ ވަޒީފާތައް މަދުކުރާނެ ކަމަށް ބުނި ނަމަވެސް، ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދު ކުރީގެ ސަރުކާރުތަކަށްވުރެ އިތުރުވުމަކީ ޚަރަދުތައް މެނޭޖު ނުކުރެވޭ މައިގަނޑު ސަބަބެއް ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރެ އެވެ.
މީގެ އިތުރުން، އަސާސީ ތަކެއްޗާއި ޚިދުމަތްތަކުގެ އަގު ހެޔޮކުރުމަށް ދެމުން އަންނަ ސަބްސިޑީގެ ޚަރަދުތައް ވެސް ވަނީ 1.4 ބިލިއަން ރުފިޔާއިން އިތުރުވެފަ އެވެ. ސަރުކާރުން ބުނަމުން ދަނީ މި ޚަރަދުތަކަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން ކަމަށެވެ.
ނަމަވެސް، އިގްތިސާދީ މާހިރުން ދެކޭ ގޮތުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ "ރައިޓް ސައިޒިންގ" ސިޔާސަތުތަކާއި އަމަލީ ހާލަތާ ދިމާނުވެ، ޚަރަދުތައް ކޮންޓްރޯލުން ނެއްޓިގެން ދިއުމަކީ ގައުމުގެ މާލީ ހަމަޖެހުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު