ދެކުނު އެފްރިކާގެ ގައުމީ ފުޓްބޯޅަ ޓީމު، ބަފާނާ ބަފާނާގެ މިޑްފީލްޑަރު ޖޭޑަން އެޑަމްސް، އުމުރުން އެންމެ 25 އަހަރުގައި ކުއްލި ގޮތަކަށް މަރުވެއްޖެ ކަމަށް އެގައުމުގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން (އެސްއޭއެފްޕީޔޫ) އިން އިއްޔެ ކަށަވަރުކޮށްދީފިއެވެ.
ފީފާ ވޯލްޑް ކަޕް 2026 ގެ ތިން މެޗެއްގައި ދެކުނު އެފްރިކާއަށް ކުޅެދިން އެޑަމްސް މަރުވި ސީދާ ސަބަބެއް ރަސްމީ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ދެކުނު އެފްރިކާގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަމެލޯޑީ ސަންޑައުންސް އަދި ގައުމީ ޓީމުގެ މިޑްފީލްޑަރު ޖޭޑަން އެޑަމްސްގެ ވަކިވުމުން އެ ޔޫނިއަން އޮތީ ވަރަށް ބޮޑު ހިތާމައެއްގައި ކަމަށެވެ. އަދި އޭނާއަކީ ގައުމީ ފަހުރުވެރިކަމާއެކު ދާދި ފަހުން ވޯލްޑް ކަޕްގައި ގައުމު ތަމްސީލުކުރި ކުޅަދާނަ ކުޅުންތެރިއެއް ކަމަށާއި، މިއީ އެގައުމުގެ ފުޓްބޯޅައަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ގެއްލުމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ދެކުނު އެފްރިކާ ކުޅުނު މެޗުތަކުގެ ތެރެއިން، ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗުގެ އެއް ދުވަސް ކުރިން އެޑަމްސްގެ މާމަ މަރިއަންނާ ވަނީ މަރުވެފައެވެ. ނަމަވެސް، އެ ހިތާމައިގައި ހުރެމެ އޭނާ ވަނީ އެ މެޗާއި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އަދި ދެކުނު ކޮރެއާ އަތުން މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅެން އެރިއެވެ. ޖޫން 28 ވަނަ ދުވަހު ކެނެޑާ އަތުން ބަލިވެ ދެކުނު އެފްރިކާ މުބާރާތުން ވަކިވި މެޗުގައި އޭނާ ހުރީ ބެންޗުގައެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ގޭޓަން މެކެންޒީ ވިދާޅުވީ، އެޑަމްސްގެ މާމަ މަރުވުމާ ގުޅިގެން އޭނާ އެޑަމްސްއާ ވާހަކަދެއްކެވި ކަމަށެވެ. "އެ ހިތާމަވެރި ވަގުތުގައިވެސް ގައުމީ ޖާޒީގައި ކުޅެން އޭނާ ނިންމި ނިންމުމަކީ އޭނާގެ ހިތްވަރާއި ފަންނުވެރިކަން ހާމަކޮށްދޭ ކަމެއް. ދެކުނު އެފްރިކާއަށް މި ގެއްލުނީ ވަރަށް އުއްމީދީ ޒުވާނެއް،" ވަޒީރުގެ ބަޔާނުގައި ވިދާޅުވިއެވެ.
ސްޓެލެންބޮސް އެފްސީން ކެރިއަރު ފެށި އެޑަމްސް ވަނީ މަމެލޯޑީ ސަންޑައުންސްއަށް ބަދަލުވެ، އެ ޓީމާއެކު ކެފް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ މުބާރާތުން ލިބުނު މެޑަލް، 2023 ވަނަ އަހަރު ވަޅިން ހަމަލާދީ މަރާލި އޭނާގެ ކުރީގެ ޓީމު މޭޓް އޮޝްވިން އެންޑްރީސްގެ ހަނދާނަށް ހަދިޔާކޮށްފައެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު