މަސް ދޯންޏެއް މަސްބާނަނީ (ފޮޓޯ:- ޒުވާން މަސްވެރިޔާ ޓްވިޓަރ)
މަސް ދޯންޏެއް މަސްބާނަނީ (ފޮޓޯ:- ޒުވާން މަސްވެރިޔާ ޓްވިޓަރ)
ރާއްޖޭގައި ހުރި ކޯލްޑް ސްޓޯރޭޖްގެ މިހާރުގެ ކެޕޭސިޓީއަކީ 6800 ޓަނު ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤުތިސާދީ ކޮމިޓީގައި މަހުގެ ސްޓޯރޭޖް އިތުރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މަސްވެރިކަމާބެހޭ ކޯލްޑް ސްޓޯރޭޖްގައި މިހާރު ހުރި ކެޕޭސިޓީއަކީ 6800 ޓަނު ކަމަށެވެ. އަދި ދުވާލަކު 300 ޓަނުގެ މަސް ބާނާނަމަ އެއީ 22 ދުވަހުުން ފުރޭ އަދަދެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ބޭނުންވާ އަދަދަށް މަހުގެ ސްޓޯރޭޖް އަދި ގާއިމް ކުރެވިފައި ނެތް ކަމަށާއި، ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި، ބޭނުންވާ މިންވަރަށް މަހުގެ ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތް ނިންމާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިގޮތުން ސްޓޯރޭޖް އިތުރުކުރުމަށް މިހާރުވެސް ދެ ޕްރޮޖެކްޓެއް ތައްޔާރަަށް އޮތް ކަން ފާހަގަކުރަށްވަމުން ވަޒީރު ވިދާޅުވީ އޭގެ ތެރެއިން އެއް ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިން ބޭންކުގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށާއި އަނެއް ޕްރޮޖެކްޓަކީ ސަޢުދީ ފަންޑުގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

އެހެން ނަމަވެސް ކޯވިޑް-19 އާ ގުޅިގެން އެ ޕްރޮޖެކްޓްތައް މަޑުޖެހިފައިވާ ކަމަށާއި، ނަމަވެސް ޙާލަތު ރަނގަޅުވުމުން އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން