މަސައްކަތުގެ މާހައުލުގައި ގިނަވަގުތު މޭޒުދޮށުގައި އިށީނދެގެން ތިބެންޖެހޭ ފަރާތްތަކުން، ގަވާއިދުން ތެދުވެ ހަރަކާތްތެރިވުމަށް ސަމާލުކަން ދިނުން މުހިންމުކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ. 'ޕީ.އެލް.އޯ.އެސް މެޑިސިން' މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ، މެދުކަނޑުމެއް ނެތި ގިނަވަގުތު އިށީނދެގެން ތިބުމަކީ ކެންސަރު ބަލީގައި މަރުވުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެއް ކަމަށެވެ.
ޔޫކޭ ބަޔޯބޭންކްގެ 91،292 ބައިވެރިންގެ ސިއްހީ މައުލޫމާތު ބޭނުންކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާގައި، ބައިވެރިން ހަރަކާތްތެރިވާ މިންވަރު ބެލުމަށްޓަކައި ޚާއްސަ ޓްރެކަރުތަކެއް ބޭނުންކޮށްފައިވެއެވެ. މި ދިރާސާގެ ބައިވެރިންގެ ހާލަތު 12 އަހަރަށްވުރެ ގިނަ ދުވަހު ބަލާފައިވާއިރު، ދިރާސާވެރިންނަށް ފާހަގަކުރެވުނީ އެއްވެސް މެދުކަނޑުމެއް ނެތި 30 މިނެޓަށްވުރެ ގިނަވަގުތު އިށީނދެގެން ނުވަތަ އޮށޯވެގެން ތިބުމަކީ ކެންސަރު ބަލީގައި މަރުވުމުގެ ނުރައްކާ ބޮޑުވާ ކަމެއް ކަމަށެވެ. ހާއްސަކޮށް، މިގޮތަށް މެދުކަނޑުމެއް ނެތި އިށީނދެގެން ހޭދަކުރާ ކޮންމެ އިތުރު ގަޑިއަކަށް، ކެންސަރުގައި މަރުވުމުގެ ނުރައްކާ 10 އިންސައްތަ އިތުރުވާކަން ވަނީ ފާހަގަކުރެވިފައެވެ.
އެހެންނަމަވެސް، އިށީނދެގެން ތިބޭ ވަގުތުތަކުގެ ދެމެދުގައި ތެދުވެ ހަރަކާތްތެރިވާ މީހުންނަށް މި ނުރައްކާ ކުޑަކަން ދިރާސާއިން ދައްކައެވެ. މީގެ މާނައަކީ އިށީނދެގެން ހޭދަކުރާ ޖުމްލަ ވަގުތަށްވުރެ، މެދުކަނޑުމެއް ނެތި އިށީނދެގެން ތިބޭ ވަގުތުގެ ދިގުމިން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު މާ ބޮޑެވެ. މިއީ އޮފީސްތަކުގެ މޭޒުދޮށުގައި މަސައްކަތްކުރާ މީހުންނާއި، ދިގު ދަތުރުތައް ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ.
މި ނުރައްކާ ކުޑަކުރުމަށްޓަކައި، ގިނަވަގުތު އިށީނދެގެން ތިބުމުގެ ބަދަލުގައި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހަރަކާތްތެރިވުމަކީ ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ. ދިރާސާއިން ދައްކާގޮތުގައި، އެއްގަޑިއިރު އިށީނދެގެން އިނުމުގެ ބަދަލުގައި ލުއި ހަރަކާތެއް (މިސާލަކަށް މަޑުމަޑުން ހިނގުން ނުވަތަ ގޭތެރޭގެ މަސައްކަތެއް) ކުރުމުން ކެންސަރުގައި މަރުވުމުގެ ނުރައްކާ 12 އިންސައްތަ ކުޑަވެއެވެ. އަދި 30 މިނެޓުގެ މެދުމިންވަރެއްގެ ކަސްރަތެއް ނުވަތަ ދުވާލަކު އެންމެ 5 މިނެޓުގެ ބުރަ ކަސްރަތެއް ކުރުމުންވެސް މި ނުރައްކާ ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.
އެހެންކަމުން، މޭޒުދޮށުގައި މަސައްކަތްކުރާ ފަރާތްތަކަށް ސިއްހީ މާހިރުން ލަފާދެއްވަނީ ކޮންމެ 30 މިނެޓަކުން އެއްފަހަރު ތެދުވުމަށާއި، ފޯނުން ވާހަކަދައްކާއިރު ހިނގާލުމަށާއި، ބައްދަލުވުންތަކުގެ ދެމެދުގައި ހަށިގަނޑު ދަމާލާ ކަސްރަތު ކުރުމަށެވެ. މީގެ އިތުރުން މެންދުރުގެ ކެއުމުގެ ވަގުތުގައި ކުޑަކޮށް ހިނގާލުމާއި، ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރުމަކީވެސް އާދަކުރެވިދާނެ ކަންކަމެވެ.
މި ދިރާސާއަކީ ހަމައެކަނި އޮބްޒަވޭޝަނަލް ނުވަތަ ބަލައިގެން ހޯދާފައިވާ ހޯދުންތަކެއް ކަމުން، އިށީނދެގެން އިނުމަކީ ސީދާ ކެންސަރު ޖެހޭ ސަބަބު ކަމަށް ނިންމޭކަށް ނެތެވެ. ސިއްހީ އެހެން އާދަތަކަކީވެސް މީގައި ދައުރެއް އޮވެދާނެ ކަންކަމެވެ. ނަމަވެސް، މި ހޯދުމުން އެނގެނީ ދިގުވަގުތު މެދުކަނޑުމެއް ނެތި އިށީނދެގެން އިނުމަކީ ސިއްހަތަށް ގެއްލުންހުރި ކަމެއް ކަމެވެ. މޭޒުދޮށުގައި މަސައްކަތް ކުރުމަކީ ކޮންމެހެން ކެންސަރު ޖެހޭނެ ކަމެއް ނޫން ނަމަވެސް، ކޮންމެ 30 މިނެޓަކުން ތެދުވެ ހަރަކާތްތެރިވުމުގެ އާދަ އަށަގަންނުވައިފިނަމަ، ދިގު މުއްދަތުގައި ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ.

BEL
ENG
SUI
ކިޔުންތެރިންގެ ހިޔާލު