އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރިކަން ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ހާމަކުރައްވައިފިއެވެ.
"އަދަދު" ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ގައުމުގެ ކަންކަން ރަނގަޅުކޮށް، ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި ގިނަ އުއްމީދުތަކެއް ގެންގުޅުއްވާ ކަމަށެވެ. އަދި ނައިބުރައީސްކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ވެސް އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަލިއަޅުވާލައްވަމުން ފައިސަލް ވިދާޅުވީ، އެމްޑީޕީ ފަދަ ޕާޓީއަކުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދެވޭނެ ގޮތްތަކާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. އެގޮތުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ އެ ޕާޓީއަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، އެ އަމާޒަށް ވާސިލުވުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
ޚާއްސަކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުވެ، މުޅި ޕާޓީ އެއް ވިސްނުމެއްގައި މަސައްކަތްކޮށްފި ނަމަ، އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ކޮންމެ މީހަކު ޕާޓީގެ ފަރާތުން ވާދަކުރި ނަމަވެސް، މުޅި ޕާޓީގެ ފުރިހަމަ ތާއީދާއި އެކުވެރިކަން ނެތި 2028 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަކީ ދަތިކަމެއްކަމަށެވެ.
މީގެއިތުރުން ފައިސަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް އަލުން ގާއިމުކުރުމަކީ ދިވެހި ރައްޔިތުންނަށް ހެޔޮ ބަދަލުތަކަކާއި ފަސޭހަތަކެއް ގެނެސްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ. މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކާއި ރަށްރަށުގެ ކުރިއެރުމަށް ހާއްސަ އިސްކަމެއް ދީ، ރައްޔިތުންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުމާއެކު އިގްތިސާދީ ގޮތުން ތަނަވަސްކަން ހޯދައިދިނުންކަމަށްވެސް ފައިސަލް ފާހަގަކުރެއްވިއެވެ.
ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަކީ އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަ ކަންތައްކަން ފައިސަލްގެ މި ވާހަކަފުޅުން ހާމަވެގެންދެއެވެ.

އުއްމީދަކީ އަޅުގަނޑުމެންނަށް މިކުރެވޭ މަސައްކަތުން ދިވެހި ރައްޔިތުންނަށް އަނެއްކާވެސް އެމްޑީޕީގެ ވެރިކަމެއް ގާއިމްވެގެން ދިޔުން. އެއީ ދިވެހި ރައްޔިތުންނަށް ހެޔޮ ބަދަލުތަކާއި ފަސޭހަތަކެއް ގެނެސްދިނުމަށްޓަކައި ކުރެވޭ މަސައްކަތެއް. ހާއްސަކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކާއި… https://t.co/pbd89mL46T
— Faisal Naseem (@FaisalNasym) July 10, 2026
ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަކީ އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަ ކަންތައްކަން ފައިސަލްގެ މި ވާހަކަފުޅުން ހާމަވެގެންދެއެވެ.

MAR
BEL
ENG
ކިޔުންތެރިންގެ ހިޔާލު