ރާއްޖޭގައި ހިމަބިހި (މީސަލްސް) ފެތުރުން ހުއްޓުވުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކުރިއަށްގެންދާ ޚާއްޞަ ކެމްޕޭނުގެ ތިންވަނަ ފޭސްގެ ދަށުން، އުމުރުން 49 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ދޭން ފަށައިފިއެވެ.
އެޗްޕީއޭއިން ބުނީ، މި ޕްރޮގްރާމަކީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަނުވާ ފަރާތްތަކަށް އަމާޒު ކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިމަހުގެ 7 އިން ފެށިގެން 30 ޖުލައިގެ ނިޔަލަށް 49 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 121 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 55 ކޭސް ފެނިފައިވަނީ ވޭތުވެދިޔަ ހަފުތާގެ ތެރޭގައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން 18 އަހަރުން ދަށުގެ ކުދިންނަށް މިހާރުދަނީ ވެކްސިން ދެމުންނެވެ.
އެޗްޕީއޭ އިން ބުނީ، ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ބާރުމިނެއްގައި ދަނީ ކުރަމުންނެވެ. މިގޮތުން މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދީފައިވާއިރު، ފްރަންޓްލައިންގައި މަސައްކަތްކުރާ 1،537 ސިއްހީ ޚިދުމަތްތެރިންނަށްވެސް ވަނީ ވެކްސިން ދީފައެވެ.
މާލޭ ސަރަޙައްދުގައި އެމްއާރު (MR) ވެކްސިން ދިނުމަށް ހަމަޖެހިފައިވާ މަރުކަޒުތަކަކީ ޔޫ.ޕީ.އެޗް.ސީ.ސީ (ދަމަނަވެށި)، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލެވެ.
މާލޭގައި ވެކްސިން ދޭނެ ގަޑިތައް އެޗްޕީއޭގެ ސޯޝަލް މީޑިއާ މަންސަތަކުގައި މިހާރު ވަނީ އާންމުކޮށްފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައި ވެކްސިން ދިނުމުގެ އިންތިޒާމުތައް އެ ރަށެއްގެ ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލުން ވަކިން އިޢުލާނު ކުރަމުންދާނެ ކަމަށްވެސް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
ހިމަބިއްސަކީ ފަސޭހައިން ފެތުރޭ ބައްޔަކަށްވާތީ، ވީހާވެސް އަވަހަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރަށްވައެވެ.

MAR
BEL
ENG
ކިޔުންތެރިންގެ ހިޔާލު