ކުށްކުރާ ފަރާތްތަކަށް އަދަބު ދިނުމުގެ އަސްލު މަގުސަދަކީ ކުށްވެރިޔާ އިސްލާހުކޮށް، މުޖުތަމައަށް ފައިދާހުރި މީހެއްގެ ގޮނޑީގައި އަލުން ބޭންދުމެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކައި ކުވެއިތުގެ ޓްރެފިކް ގަވާއިދުތަކަށް މިހާރު ގެނެސްފައިވާ އިންގިލާބީ ބަދަލުތަކަކީ، ރާއްޖެ ފަދަ ގައުމުތަކުން ނަމޫނާ ލިބިގަންނަންޖެހޭ ފަދަ ހަރުދަނާ ނިޒާމެކެވެ.
ކުވެއިތުގެ ބޮޑުވަޒީރުގެ ނައިބު އަދި ދާޚިލީ ވަޒީރު ޝެއިޚް ފަހަދު އަލް-ޔޫސުފް އަލް-ޞަބާޙް ނެރުއްވި 2024 ވަނަ އަހަރުގެ 895 ނަންބަރު ވަޒީރުންގެ ގަރާރުގެ ދަށުން، ކުވެއިތުގެ ޓްރެފިކް ގާނޫނުގެ ހިންގާ ގަވާއިދަށް މިހާރު ވަނީ 212 (ބިސް) ގެ ނަމުގައި އައު މާއްދާއެއް އިތުރުކޮށްފައެވެ. މި އައު އިސްލާހުގެ ދަށުން، ކުދި އަދި މެދުފަންތީގެ ޓްރެފިކް ކުށްތަކަށް ޖަލު ހުކުމް އިއްވުމުގެ ބަދަލުގައި، "އަލްޓަނޭޓިވް ޕެނަލްޓީ" ނުވަތަ ބަދަލު އަދަބުތަކެއް ދިނުމުގެ އިޚުތިޔާރު ފަނޑިޔާރުންނަށް ލިބިދެއެވެ. މީގެ މައިގަނޑު އަމާޒަކީ ކުށްވެރިން ޖަލުގެ ތޭރިތަކުގެ ފަހަތުގައި ބަންދުކުރުމުގެ ބަދަލުގައި، މުޖުތަމައުގެ ތެރޭގައި ހުރެގެން އަމިއްލަ ކުށަށް ޒިންމާދާރުވުމުގެ ފުރުސަތު ދިނުމެވެ.
މި އައު ނިޒާމުގެ ދަށުން ސަރުކާރުގެ 15 އިދާރާއެއްގައި އަދާކުރެވިދާނެ، މުޖުތަމައަށް ފައިދާހުރި 37 މަސައްކަތެއް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި؛ މިސްކިތްތައް ސާފުކުރުމާއި ކީރިތި ގުރުއާނުގެ މުސްހަފުތައް ތަރުތީބުކުރުން، ސްކޫލް ކުތުބުޚާނާތައް ބެލެހެއްޓުން، ގޮނޑުދޮށްތަކާއި ތިމާވެށި ސާފުކުރުމުގެ އިތުރުން ގަސް އިންދުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން، ކަރަންޓު މީޓަރު ރީޑިން ނެގުމާއި، މަގުމަތީގެ ނިޝާންތަކާއި ކުރެހުންތައް އާބާތުރަ ފިލުވުން ފަދަ ފަންނީ މަސައްކަތްތައް ވެސް ހިމެނެއެވެ. މި ހުރިހާ މަސައްކަތްތަކަކީ ވެސް އެއްވެސް އުޖޫރައަކާ ނުލައި، ކަނޑައެޅޭ ވަކި މުއްދަތަކަށް ކުރަންޖެހޭ މަސައްކަތްތަކެކެވެ.
މި ނިޒާމުގެ ތެރެއިން ހަމައެކަނި މަސައްކަތް ކުރުވުމުގެ ބަދަލުގައި، ކުށްވެރިޔާގެ އުޅުން އިސްލާހުކުރުމަށްޓަކައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ނަފްސާނީ އިރުޝާދު ދިނުމުގެ ސެޝަންތަކުގައި ބައިވެރިވުން ވެސް މަޖުބޫރު ކުރެވެއެވެ. އަދި ޓްރެފިކް ކުށެއްގެ ސަބަބުން ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތެއްގެ މުދަލަކަށް ގެއްލުން ލިބިއްޖެނަމަ، އެ މުދަލެއް އޮތް އަސްލު ހާލަތަށް ރުޖޫއަކޮށްދިނުމަށް ނުވަތަ މަރާމާތުކޮށްދިނުމަށް ކުށްވެރިޔާގެ މައްޗަށް އަމުރުކުރެވެއެވެ. މި މަސައްކަތްތައް ހިނގަމުންދާ ގޮތް ޓްރެފިކް ޑިޕާޓްމަންޓާއި ކަމާބެހޭ އިދާރާތައް ގުޅިގެން ގަވާއިދުން މޮނިޓަރުކޮށް ރިޕޯޓު ތައްޔާރުކުރެއެވެ. ކަނޑައެޅޭ ބަދަލު އަދަބު ފުރިހަމަނުކޮށްފިނަމަ، އަލުން ކޯޓަށް ހާޒިރުކޮށް، އަސްލު ކަނޑައެޅުނު ޖަލު އަދަބު ތަންފީޒުކުރަން ޖެހެއެވެ.
ދިވެހިރާއްޖޭގެ ހާލަތަށް ރިއާޔަތްކުރާއިރު، މިއީ ރާއްޖެއަށް ނުހަނު ބޭނުންތެރި ނިޒާމެކެވެ. ރާއްޖޭގެ ޖަލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ތޮއްޖެހުމުގެ މައްސަލައަށް މިއީ ދާއިމީ ހައްލެކެވެ. ކުދިކުދި ކުށްތަކުގައި މީހުން ޖަލަށްލުމުގެ ބަދަލުގައި، މުޖުތަމައަށް ފައިދާހުރި މަސައްކަތްތަކެއް މެދުވެރިކޮށް އެމީހުންގެ އަހުލާގު އިސްލާހުކުރުމުގެ ފުރުސަތު ދިނުމުން، ދައުލަތުން ޖަލުތަކަށް ކުރަންޖެހޭ ހޭދަ ކުޑަވެ، އިޖުތިމާއީ ރޫހު އާލާވެގެންދާނެއެވެ.
ކުވެއިތު ސޮސައިޓީ ފޯ ހިއުމަން ރައިޓްސް ފަދަ ޖަމިއްޔާތަކުން ފާހަގަކުރާ ގޮތުގައި، މި ބަދަލުތަކުން ރަމްޒުކޮށްދެނީ އިންސާނީ ކަރާމާތަށް އިސްކަންދިނުމުގެ އުސޫލެވެ. ރާއްޖޭގެ ގާނޫނީ އޮނިގަނޑަށް މިފަދަ ޒަމާނީ އަދި އުފެއްދުންތެރި ބަދަލުތަކެއް ގެނައުމަކީ، ކުށްވެރިންނަކީ މުޖުތަމައުން ބާކީވެފައިވާ ބަޔަކަށް ވުމުގެ ބަދަލުގައި، ގައުމީ ތަރައްގީގައި ހިއްސާވާ ޒިންމާދާރު ބަޔަކަށް ހެދުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު