މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" ސަރަހައްދުގައި އޮޑިދޯނިފަހަރަށް ބޭނުންވާ ފެނާއި ކަރަންޓުގެ ހިދުމަތް ދިނުމުގެ ނިޒާމު ގާއިމްކޮށް، އެ ހިދުމަތްތައް ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތް ކުރުމަށް ނިންމައި އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
މި ބަދަލާއެކު، ކުރިން މި ހިދުމަތްތައް ލިބެން ނެތް "އޭ ޒޯން" ސަރަހައްދުން މިހާރު 48 އުޅަނދަކަށް އެއްފަހަރާ ކަރަންޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އޭގެ އިތުރުން، އެ ސަރަހައްދުގައި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި 16 ޕޮއިންޓް ވަނީ ގާއިމްކޮށްފައެވެ.
މީގެކުރިން ފެނާއި ކަރަންޓުގެ ހިދުމަތް ލިބެމުން އައީ ހަމައެކަނި "ބީ ޒޯން" އާއި "ސީ ޒޯން" އިން ކަމަށްވާތީ، މި ބަދަލުގެ ސަބަބުން ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ނިންމައި ނޯތު ހާބަރު ސަރަހައްދު އަލުން ހުޅުވުމުގެ ތެރެއިން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.
ފެބްރުވަރީ މަހުގެ 16 ވަނަ ދުވަހު އާންމު ދަތުރުފަތުރަށް ހުޅުވާލި މި މަޝްރޫޢުގެ ދަށުން، ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރުއަޅައި ވަނީ ތަރައްޤީކޮށްފައެވެ. އަދި މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއިން 6 މީޓަރުގެ ސަރަހައްދެއް ހިއްކައި މަގަށް އިތުރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

EGY
ކިޔުންތެރިންގެ ހިޔާލު