އެއްވެސް މަގުބޫލު އުޒުރެއް ނެތި ދަރިވަރުން ސްކޫލަށް ނުދާ މައްސަލައަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، އެފަދަ ކަންކަމުގައި ފިޔަވަޅު އެޅުމަށް ހުރިހާ ސްކޫލުތަކަކަށް އަންގަވާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ހާޒިރީއަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަން ފެށުނީ ޕީޕީއެމްގެ ސަރުކާރުގައި ކަމަށެވެ. އެގޮތުން މިހާރު ކޮންމެ ދުވަހަކު ސްކޫލްތަކުގެ ހާޒިރީ މިނިސްޓްރީއަށް ފޮނުވަން މަޖުބޫރު ކޮށްފައިވާނެ ކަމަށާއި، އެ ނިޒާމުގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުދާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމުކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މި ދުވަސްވަރު 8،000 އެއްހާ ދަރިވަރުން އެކި ސަބަބުތަކާ ހުރެ ސްކޫލަށް ނުދެއެވެ. މިއީ މުޅި ގައުމުގެ އިންސާނީ ވަސީލަތް ބިނާކުރުމަށް ކުރާ މަސައްކަތަށް އޮތް ބޮޑު ގޮންޖެހުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މިއީ އަޅުގަނޑުމެން އެންމެން ކަންބޮޑުވާންޖެހޭ ކަމެއް. މެންބަރުންނާއި، ބެލެނިވެރިންނާއި، މުދައްރިސުންގެ އިތުރުން މުޅި މުޖުތަމައު މިކަމާ ވިސްނަންޖެހޭ. ކުއްޖަކު ސްކޫލަށް ނުދިޔުމަކީ މުޅި ގައުމުގެ ކުރިމަގަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ނިމިދިޔަ ހަފްތާގައި މާލޭގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި، އެއްވެސް ސަބަބަކާ ނުލައި ސްކޫލަށް ނުދާ ކުދިންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދަރިވަރުންގެ ތަޢުލީމަށް ހުރަސްއެޅޭ ގޮތަށް ހުންނަ މިފަދަ ކަންކަމުގައި މި ސަރުކާރުން ފިޔަވަޅު ނާޅައި ދޫކޮށް ނުލައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

BEL
EGY
COL
ކިޔުންތެރިންގެ ހިޔާލު