ޣައްޒާ އަލުން އާބާދުކުރުމުގެ މަސައްކަތްތައް ފެށޭނީ އެ ސަރަހައްދުގައި ހުރި އަސްކަރީ އިންފްރާސްޓްރަކްޗަރުތައް ނައްތާލައި، ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށުގައިވާ ހަތިޔާރުތައް އަތުލުމަށްފަހު ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދީފިއެވެ.
އާދީއްތަ ދުވަހު ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ، ޣައްޒާގެ ރައްޔިތުންނަކީ އިސްރާއީލަށް އޮތް ނުރައްކަލަކަށް ނުވާނަމަ، އެ ސަރަހައްދުގައި މަޑުކުރުމުގެ ނުވަތަ ދޫކޮށް ދިއުމުގެ އިޚުތިޔާރު އެމީހުންނަށް އޮންނާނެ ކަމަށެވެ. އަދި ޣައްޒާގެ ތެރޭގައި އިސްރާއީލުން ގާއިމުކުރި "ބަފަރ ޒޯން" ގެ ސަބަބުން އެ ސަރަހައްދުން ކުރިމަތިވަމުން އައި ނުރައްކާ މިހާރު ނައްތާލެވިފައިވާ ކަމަށާއި، މި ބަދަލާއެކު އިސްރާއީލުގެ ބޯޑަރު ސަރަހައްދުތަކުން ގެދޮރު ހޯދުމަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން ފެށުނު މި ހަނގުރާމައިގެ ތެރެއަށް ލުބުނާނުގެ ހިޒްބުﷲ އާއި ޔަމަނުގެ ހޫޘީންގެ އިތުރުން އީރާނުންވެސް ވަނީ ސީދާގޮތެއްގައި ވަދެފައެވެ. މި ހަނގުރާމައަށް ދެ އަހަރާއި ބައި ވެފައިވާއިރު، ޣައްޒާ އަދިވެސް އޮތީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ.
2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލި ނަމަވެސް، ހަނގުރާމަ ދާއިމީކޮށް ނިންމުމަށް ކުރެވޭ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މީގެ އިތުރުން، ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ބޭނުންކުރާ ބިންގަރާސްތަކާ ދެކޮޅަށް ފިޔަވަޅު ނޭޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފައި ނުވާ ކަމަށްވެސް ނަތަންޔާހޫ ވަނީ ހާމަކޮށްފައެވެ.

ENG
ESP
BEL
ކިޔުންތެރިންގެ ހިޔާލު