މި ސަރުކާރުން ވަޒީފާތަކުން ގިނައިން ވަކިކުރަމުން ގެންދަނީ އެމްޑީޕީއަށް ތާއީދުކުރާ މުވައްޒަފުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ، ވަޒީފާތަކުން މިހާރު އުނިކުރަމުންދާ މީހުންނަށް ބަލާއިރު އޭގެ ތެރޭގައި ގިނައީ މިސަރުކާރަށް ތާއީދު ނުކުރާ އަދި އެމްޑީޕީގެ ފިކުރަށް ތާޢީދުކުރާ މީހުން ކަމަށެވެ.
"އޭގެ ތެރޭގައި ގިނަވާނީ މިސަރުކާރަށް ތާއީދު ނުކުރާ މީހުން، އެމްޑީޕީއަށް ތާއީދުކުރާ މީހުން. ބައްލަވާ އެކަން އޮންނާނީ އެހެން، ވަރަށް ބޮޑަށް އެކަމަށް ބަލައިގެން ވަޒީފާއިން މީހުން ވަކިކުރަނީ." ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ، އަތޮޅުތެރޭގައި ހުރި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މިހާރުވެސް ސިޔާސީ ގޮތުން ސްކްރީން ކުރަމުންދާ ކަމަށެވެ. އަދި މިއީ އެއްވެސް ގޮތަކަށް ކުންފުނިތައް ރީސްޓްރަކްޗާ ކުރަން ކުރާ ކަމެއް ނޫން ކަމަށާއި، ވަކި ބައެއްގެ ވިސްނުމާއި ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު މިސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރި ފަރާތްތަކަށް އެމްޑީޕީގެ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނެ ކަމުގެ ޔަގީންކަން ނިޔާޒް ވަނީ ދެއްވާފައެވެ.
"ނުހައްގުން ވަޒީފާއިން ވަކިކުރި ފަރާތްތަކަށް އެމްޑީޕީގެ ސަރުކާރެއްގައި ވަޒީފާ ދޭނަން." އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ މުއައްސަސާތަކުން މުވައްޒަފުން މަދުކުރާ މައްސަލައަށް އަލިއަޅުއްވާލައްވަމުން ނިޔާޒް ވިދާޅުވީ، އޭގެ ތެރެއިން ކުރިން މަސްވެރިކަން ކޮށްގެން ޢާމްދަނީ ހޯދި ފަރާތްތަކަށް އެދާއިރާއިން އިތުރު ފުރުސަތުތައް ތަނަވަސްކޮށްދޭންޖެހޭ ކަމަށެވެ.
އޭގެއިތުރުން ނިޔާޒް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ބިދޭސީން ގިނަވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، ޒުވާނުން އެ ދާއިރާއަށް ޝައުގުވެރި ކުރުވުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު