ސްރީ ލަންކާގެ ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާ މަރާލި މައްސަލައެއްގައި ތުހުމަތުވާ މީހަކު ރާއްޖޭގައި އުޅެނިކޮށް ހިފެހެއްޓުމަށްފަހު ލަންކާ ފުލުހުންނާ ހަވާލުކޮށްފިއެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 23 އަހަރުގެ މި މީހާ ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ފުރައިގެން ގޮސް ހުކުރު ދުވަހު ކަޓުނަޔަކަ އެއާޕޯޓަށް ފޭބި ވަގުތު އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީ.އައި.ޑީ) އިންނެވެ.
އޭނާއަކީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ލަންކާގެ އަކުރެގޮޑާ ސަރަހައްދުގައި ވަކީލަކަށާއި އޭނާގެ އަންހެނުންނަށް ބަޑިން ހަމަލާދީ މަރާލި މައްސަލާގައި ހޯދަމުންދިޔަ މީހެކެވެ.
ލަންކާ ފުލުހުން ބުނި ގޮތުގައި، އެތުކަންދުރާ އަށް ނިސްބަތްވާ މި ޒުވާނާއަކީ މި ގާތިލުންނަށް ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިދިނުމުގައި އެހީތެރިވި ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އޭނާ މިހާރު ވަނީ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމްސް ޑިވިޝަނާ ހަވާލުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ލަންކާގެ ސަލާމަތީ ބާރުތަކުން އަންނަނީ ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރިއަށް ގެންދަމުންނެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު