އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން އެންމެ މުހިންމު އެއް ގުނަވަން ކަމަށްވާ ސިކުނޑީގެ ދުޅަހެޔޮކަމަށް ފެނަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ސިކުނޑީގެ ބޮޑު އިންސައްތައަކީ ފެން ކަމަށްވާއިރު، ހަށިގަނޑުން ފެން މަދުވުމުން ނުވަތަ "ޑީހައިޑްރޭޓް" ވުމުން ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.
ފެން މަދުވުމުގެ ސަބަބުން ސިކުނޑިއަށް ކުރާ އަސަރުތަކާ ބެހޭގޮތުން ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި، ހަށިގަނޑުގައި ފެން މަދުވުމުން ސިކުނޑީގެ ޓިޝޫތައް ހަނިވެ، ސިކުނޑީގެ ވޮލިއުމް ކުޑަވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސިކުނޑީގެ ސެލްތަކުން މަސައްކަތް ކުރަންޖެހެނީ އާދައިގެ ހާލަތަށްވުރެ ބުރަކޮށެވެ. މީގެ އިތުރުން، ސިކުނޑިއަށް ބޭނުންވާ މުހިންމު ނިއުރޯޓްރާންސްމިޓަރތައް އުފެއްދުމަށް ހުރަސްއެޅި، މީހާގެ މިޒާޖަށާއި ވިސްނުމަށް ނޭދެވޭ ބަދަލުތައް އާދެއެވެ.
ހަށިގަނޑުން ފެން މަދުވަމުންދާކަން ދެނެގަތުމަށް ސަމާލުކަން ދޭންޖެހޭ މުހިންމު ނިޝާންތަކުގެ ތެރޭގައި ކަންކަމަށް ސަމާލުކަން ދިނުން ކުޑަވުން ހިމެނެއެވެ. ފެން މަދުވުމުގެ ސަބަބުން ސިކުނޑީގެ ކޮގްނިޓިވް ފަންކްޝަންތަކަށް ބުރޫއަރައި، އެއް ކަމަކަށް ސަމާލުކަން ދީގެން ހުރުމަށް ދަތިވެއެވެ. މީގެ އިތުރުން، ބޯ އެނބުރުމާއި ބޮލުގައި ރިއްސުމަކީ ސިކުނޑީގެ ޓިޝޫތައް ހަނިވުމުގެ ސަބަބުން ފާހަގަކުރެވޭ އެންމެ އާންމު އެއް އަލާމާތެވެ.
ހަމައެއާއެކު، ސަބަބެއް ނެތި ރުޅިގަދަވުމާއި، ހާސްވުމަކީ ހަށިގަނޑަށް ފެން ބޭނުންވާކަމުގެ އިޝާރާތެކެވެ. މީހާގެ މިޒާޖަށް އަންނަ މިފަދަ ބަދަލުތަކަކީ ފެން މަދުވުމުގެ ސަބަބުން ސިކުނޑީގެ ކެމިކަލްތަކަށް އަންނަ ބަދަލުތަކެކެވެ. އަދި ކުރު މުއްދަތުގެ ހަނދާންތައް އާކުރުމަށް އުނދަގޫވުމާއި، ކަންކަން ފަސޭހައިން ހަނދާން ނެތުން ފަދަ ހަނދާން ބަލިވުމުގެ މައްސަލަތައް ކުރިމަތިވެއެވެ.
އެންމެ ފަހު ކަމަކަށް މާހިރުން ފާހަގަކުރައްވަނީ ސިކުނޑި "ފޮގް" ވުން ނުވަތަ ސާފުކޮށް ވިސްނަން އުނދަގޫވުމެވެ. މީގެ ސަބަބުން ކަންކަމުގައި ގޮތް ނިންމުމަށް ދަތިވެ، ސިކުނޑި ވަރުބަލިވެފައި ހުންނަ އިހުސާސް ކުރެވުމެވެ. މި ހުރިހާ ކަމަކުން ސަލާމަތްވުމަށްޓަކައި، ކަރުހިއްކައިގަންނަންދެން މަޑުނުކޮށް، ދުވަހުގެ އެކި ވަގުތުތަކަށް ބަހާލައިގެން ގިނައިން ފެން ބުއިމަކީ ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު