އިންޑިއާ ކަނޑާއި އުތުރު އެފްރިކާގެ ސަރަހައްދުތަކުގައި، ބިންހެލުން އައުމުގެ ކުރިން ފެންނަ ޖިއޮލޮޖިކަލް އަލާމާތްތަކެއް ފެންނަމުންދާކަމަށް ކޭ.ޑީ. ކަލުއާރައްޗީގެ އެނަލިސިސް ރިޕޯޓެއްގައި ހާމަކޮށްފިއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ކާލްސްބާގް ރިޖް އަދި ރާއްޖެ ހިމެނޭ ސަރަހައްދުގައި މިހާރު ހިނގަމުންދާ ޖިއޮލޮޖިކަލް ބަދަލުތަކުގެ ސަބަބުން، 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.
މި ރިޕޯޓުގައި ބުނާ ގޮތުން، މެދުތެރޭ އިންޑިއާ ކަނޑު ހުރަސްކޮށް މިހާރު ދަތުރުކުރަމުންދާ ޓެކްޓޮނިކް ލޮޅުންތަކަކީ މިކަމުގެ މައިގަނޑު ސަބަބެވެ. މިފަދަ ހަރަކާތްތަކަކީ ކާލްސްބާގް ރިޖް ފަދަ ޓެކްޓޮނިކް ގޮތުން ހަރަކާތްތެރި ސަރަހައްދުތަކުގައި ބިންހެލުމުގެ ނުރައްކާ އިތުރުކުރާ ކަމެކެވެ.
މި މައުލޫމާތުތަކަށް ބަލާއިރު، ކަމާބެހޭ ފަރާތްތަކުން މި ސަރަހައްދުތަކުގެ ހާލަތު ވަރަށް ގާތުން މޮނީޓަރުކުރުން މުހިންމުކަމަށް ބެލެވެއެވެ.
ރާއްޖެއަކީ ޓެކްޓޮނިކް ޕްލޭޓުތަކުގެ ހަރަކާތްތަކުން ތަންކޮޅެއް ދުރުގައި އޮތް ތަނެއް ނަމަވެސް، ކައިރި ހިސާބުތަކުގައި ހިނގާ މިފަދަ ބޮޑެތި ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު ދެނެގަތުމަކީ އަބަދުވެސް ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު