ޖިއޯ ޕޮލިޓިކްސްގެ ސަބަބުން ރާއްޖެ ވެއްޓިފައިވާ ނާޒުކު ހާލަތުން ގައުމު ސަލާމަތްކޮށް، ހަލަބޮލިވެފައިވާ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވޭނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމީއްޔާތާ ގުޅިގެން ސަންގު ޓީވީގެ ހާއްސަ ކަވަރޭޖެއްގައި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ، މިހާރުގެ ސަރުކާރުން ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ ނުބައި މިސްރާބަކަށް ކަމަށާއި، އޭގެ ސަބަބުން ގައުމުގެ ހާލަތު އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައި އޮތް ކަމަށެވެ.
މުންދު ފާހަގަކުރެއްވި ގޮތުގައި، ޑރ. މުއިއްޒުގެ ވެރިކަމުގައި އެންމެ އިސްކަމެއް ދެއްވާނީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށެވެ. އެއަށްފަހު، ރާއްޖޭގެ ހާރިޖީ ސިޔާސަތު އިސްލާހުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މިހާރުގެ ސަރުކާރުން ފޮރިން ސާވިސް ހިންގާފައިވަނީ މުޅިންހެން ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ކަމަށާއި، ބޭރު ގައުމުތަކުގައި ހުންނަ ދިވެހި މިޝަންތަކުގައި ތިބި މީހުންގެ ތެރޭގައި ގިނައީ ސިޔާސީ ފަރާތްތައް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
މިކަމާ ގުޅޭގޮތުން ހެދި އޮޑިޓަކުން އެނގުނު ގޮތުގައި، މިޝަންތަކުގައި ތިބި މީހުންގެ ތެރޭގައި އޮފީހަށް ހާޒިރުނުވާ ފަރާތްތައްވެސް އެބަތިބި ކަމަށާއި، އެމީހުން އަދިވެސް ރާއްޖެ އައިސްފައި ނުވާ ކަމަށް މުންދު ވިދާޅުވި އެވެ. ނަމަވެސް، މި ފަރާތްތައް ރާއްޖެ ގެނައުމުގެ މަސައްކަތް އުސޫލުގެ ތެރެއިން ކުރިއަށްދާނެ ކަމަށާއި، ރީކޯލް ކުރުމުގެ ކުރިން އަމިއްލައަށް ވަޒީފާއިން ވަކިވުމަކީ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބަހުސްތަކުގެ ތެރެއިން، އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިން، ރާއްޖޭން ބޭރުގައި ހުރި ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މި ހަފްތާގެ ނިޔަލަށް އެނބުރި ރާއްޖެ އައުމަށް ފޮރިން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
މި މުވައްޒަފުން އެނބުރި އައުމުގެ އިންތިޒާމުތައް އެ މިޝަންތަކުން ހަމަޖައްސާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ARG
ކިޔުންތެރިންގެ ހިޔާލު