ފަރަންސޭސިވިލާތަށް ކުރިމަތިވެފައިވާ ހޫނުގަދަވުމުގެ ސަބަބުން، ވައި ފިނިކުރާ މެޝިންތަކާއި ފަންކާ ގަތުމަށް އެ ގައުމުގެ ފިހާރަތަކަށް އާންމުން އެއްވެ، ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ފިހާރަތަކުން 200،000 ފަންކާ އާއި ވައި ފިނިކުރާ މެޝިން ހެޔޮ އަގުގައި ވިއްކާނެކަން އިއުލާން ކުރުމުންނެވެ.
މިކަމުގެ ސަބަބުން އެންމެ ހޫނުގަދަ މަންޒަރުތައް ފެނިގެން ދިޔައީ ނަންޓޭރޭ ގައި ހުންނަ ސުޕަމާކެޓަކުންނެވެ. ފިހާރަ ހުޅުވުމާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ އެތެރެއަށް ވަންނަން މަސައްކަތް ކުރުމުގެ ތެރޭގައި ފިހާރައިގެ މައި ދޮރާށި ފުނޑިގެން ގޮސްފައިވެއެވެ.
މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވާން ޖެހުނުއިރު، ޕެރިސްގެ 19 ވަނަ ޑިސްޓްރިކްޓުގައިވެސް ފިހާރަ ހުޅުވުމުގެ ގަޑިއިރުތަކެއް ކުރިން 200 އަށް ވުރެ ގިނަ މީހުން ކިއޫ ހަދައިގެން ތިބި މަންޒަރު ފެނިފައިވެއެވެ.
ފިހާރަތަކުގައި ތަކެތި ހުސްވެފައި ހުރުމާއި، މުދާ ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުގެ ސަބަބުން އާންމުންގެ މެދުގައި ދެބަސްވުންތަކާއި ކުރިމަތިލުންތައް ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފަރަންސޭސިވިލާތުގައި ހޫނުގަދަވުމުގެ ސަބަބުން އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު، މިއީ ގައުމުގެ ގިނަ ރައްޔިތުންތަކެއް ހޫނުން ސަލާމަތްވުމަށް ކުރި މަސައްކަތުގެ ތެރެއިން ހިނގި ދެރަވަނިކޮށް ހިނގި ހާދިސާއެކެވެ.

ARG
ކިޔުންތެރިންގެ ހިޔާލު