ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ޕީއެންއެފް ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މިހާރުގެ ސަރުކާރަށާއި ޕީއެންސީގެ ހިންގުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީއެންސީއަކީ ޕާޓީއެއްގެ ގޮތުގައި އުފެދުނު އިރު އޭގެ ޒާތުގައި އެއީ "ދޮންދަރިއެއް" ފަދަ ޕާޓީއެކެވެ.

ޕާޓީއެއް ހިންގުމުގައި ރައްޔިތުންގެ އިތުބާރު އޮތުން މުހިންމު ކަމަށާއި، މިހާރުގެ ސަރުކާރުން ބާރުގެ ބޭނުންކޮށްގެން މީހުން ޕާޓީއަށް ވައްދައި، އަމިއްލަ ޒާތީ މައުލޫމާތު ނާޖާއިޒުކޮށް ބޭނުންކުރަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ. އަދި ޕާޓީގެ މެމްބަރުން ވަކިކުރުމާއި، އެކި ކަންކަމުގައި އަނިޔާވެރި އަމަލުތައް ހިންގަމުންދާ ކަމަށް ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ތާޢީދާއި އިތުބާރު ނެތް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ ސަރުކާރު ދެމިއޮންނާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށާއި، ގާނޫނާއި އިންސާފު އެންމެންނާ ހަމައަށް ވެސް ފޯރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު