މެކްސިކޯގެ ލާގޯސް ޑި މޮރީނޯ ސިޓީގައި، ސައިކަލު ވަގަށް ނަގާކަމަށް ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކޮށް، މަގުމަތީގެ ބައްތިތަކުގައި ޓޭޕް އަޅައި ބަނދެފައި ބަހައްޓާ "ބެޓްމޭން" އަކު ފެނިގެން ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ޖޫން މަހުގެ 13 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި، މަދުވެގެން ފަސް ފިރިހެނަކު މިގޮތަށް ބައްތިތަކުގައި ބަނދެފައި ވަނިކޮށް ފެނިފައިވާއިރު، އެ އެންމެންގެ ހަށިގަނޑަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. މި މީހުން ބަނދެފައި ތިބޭއިރު، އެމީހުންގެ މޫނުމަތީގައި ދާއިމީ މާކަރަކުން ބުޅަލެއްގެ މަތިމަހާއި ތުނބުޅި ކުރަހާފައި ހުރުމާއި، ނިތްކުރީގައި "ވަގު" ކަމަށް ލިޔެފައި ހުރުމަކީ މިކަމުގެ ފަހަތުގައި ހުރި މީހާގެ ޚާއްސަ ސިފައެއް ކަމަށް ފާހަގަކުރެވެއެވެ.
މި އަމަލު ހިންގާ ފަރާތުން، ބަނދެފައި ތިބޭ މީހުންގެ ކައިރީގައި އެމީހުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށުގެ ތަފްސީލު ލިޔެފައިވާ ކާޑްބޯޑު ފޮތިތައް ބަހައްޓާފައި ހުރެއެވެ. އަދި ވަގަށް ނެގި ކަމަށް ބެލެވޭ ސައިކަލުތައް ވެސް ފުލުހުންނަށް ފެންނާނެހެން އެމީހުން ކައިރީގައި ބަހައްޓާފައި ހުރެއެވެ.
މިހާތަނަށް މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ފުލުހުން ދަނީ މިކަމުގައި ޝާމިލުވާ ފަރާތްތައް ހޯދުމަށް އޮޕަރޭޝަންތައް ހިންގަމުންނެވެ.
މި ސަރަހައްދުގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ކުށްތައް ގިނަވުމުގެ ސަބަބުން އާންމުން އަމިއްލައަށް ގާނޫނު އަތްމައްޗަށް ނެގުމުގެ ކަންކަން މިފަހަކަށް އައިސް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
މެކްސިކޯގެ "ބެޓްމޭން" ގެ ނަމުން މަޝްހޫރުވެފައިވާ މި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މި ހާދިސާތަކަކީ އެ ސަރަހައްދުގައި އޮތް ޖިނާއީ ނުރައްކާތަކާއި، އާންމުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ނަތީޖާއެއް ކަމަށް ބެލެވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު