ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ރޭޓު ދަށްނުވެ ހިފެހެއްޓިފައި ހުންނަނީ، ދަރަނި އަލުން އެކުލަވާލުމުގެ (ރީސްޓްރަކްޗަރ ކުރުމުގެ) ހަރުދަނާ މަޝްރޫއެއް ނެތުމުންނާއި ޑޮލަރުން ކުރާ ހަރަދުތައް ކުޑަނުކުރެވޭތީ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެކްސް (ކުރީގެ ޓުވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު މިރޭ ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ލޮޅުމުން ސަލާމަތްވުމަށްޓަކައި ބޭރުގެ ދަރަނިތައް ރީސްޓްރަކްޗަރ ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އެފަދަ ހަރުދަނާ ނިޒާމެއް މިހާތަނަށް ސަރުކާރަށް އެކުލަވާލެވިފައި ނެތުމަކީ ޑޮލަރުގެ އަގަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ސަބަބެއް ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރަށްދާ ޑޮލަރުގެ ނިސްބަތް ނުވަތަ ޑޮލަރުގެ ހަރަދުތައް ކުޑަނުވުމަކީ ވެސް މައްސަލަ ހައްލުނުވާ ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދަރަނި އަލުން އެކުލަވާލުމަށް އިގްތިސާދީ މާހިރުން ވެސް ދަނީ ސަރުކާރަށް ލަފާދެމުންނެވެ.
ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން އެކި ފަހަރުމަތިން ވައުދުވެވަޑައިގެންފައިވީ ނަމަވެސް ޑޮަލަރުގެ މައްސަލަ އަށް އަދި ހައްލެއް ނުލިބެއެވެ.
ހަމައާއި އެކު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދާ ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން، އޭނާ ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޑޮލަރުގެ އަގު ކޮންޓްރޯލް ނުވަނީ ނިމިދިޔަ ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކުގެ ސަބަބުން ކަމަށް ދޭހަވާ މޭރުމަކުން ވަޒީރު ވާހަކަދައްކަވާފައިވެއެވެ.

Dollaruge agu dhah nuvanee rangalhu debt restructuring (dharani alun ekulevumuge) program eh nethumaai, e kan mahchah dollaru kharadhu kuraa minvaru dhahnuvaathee.
— Mohamed Nasheed (@MohamedNasheed) June 30, 2026
ރާއްޖޭގެ ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދަރަނި އަލުން އެކުލަވާލުމަށް އިގްތިސާދީ މާހިރުން ވެސް ދަނީ ސަރުކާރަށް ލަފާދެމުންނެވެ.
ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން އެކި ފަހަރުމަތިން ވައުދުވެވަޑައިގެންފައިވީ ނަމަވެސް ޑޮަލަރުގެ މައްސަލަ އަށް އަދި ހައްލެއް ނުލިބެއެވެ.
ހަމައާއި އެކު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދާ ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން، އޭނާ ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޑޮލަރުގެ އަގު ކޮންޓްރޯލް ނުވަނީ ނިމިދިޔަ ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކުގެ ސަބަބުން ކަމަށް ދޭހަވާ މޭރުމަކުން ވަޒީރު ވާހަކަދައްކަވާފައިވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު