ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން މިހާރުގެ ސަރުކާރުން ފަތުރަމުންދަނީ ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށްޓަކައި ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ސަރުކާރުގެ އިމާރާތްތަކާއި ސްކޫލްތައް ރަހުނުކޮށްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މިކަމުގެ ހަގީގަތް މިހާރުގެ ފިނޭންސް މިނިސްޓްރީގެ އިސްވެރިންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަމީރު ތަފްސީލުކޮށްދެއްވި ގޮތުގައި، ދައުލަތުގެ އިމާރާތްތައް މެދުވެރިކޮށް ހިންގާފައިވަނީ އިސްލާމިކް ފައިނޭންސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ 'އެސެޓް ބޭސްޑް ޓްރާންސެކްޝަން' ތަކެކެވެ. މިއީ ބައިނަލްއަގުވާމީ މާލީ ބާޒާރުގައި އާންމުކޮށް އަމަލުކުރާ އުސޫލެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލާއި ސްކޫލްތައް ބޭނުންކޮށްގެން ސުކޫކު ވިއްކުމަކީ އެ ތަންތަން ބޭރުގެ ފަރާތްތަކަށް މިލްކުކޮށްދިނުން ނުވަތަ ދަރަނި ނުދެއްކުމުން އަތުލެވޭ ގޮތަށް ރަހުނުކުރުން ނޫން ކަމަށެވެ.

މި ސުކޫކުތަކުގައި ޔޫރަޕްގެ ބޮޑެތި މާލީ އިދާރާތަކުން އިންވެސްޓްކޮށްފައިވީ ނަމަވެސް، ގާނޫނީ ގޮތުންނާއި އިސްލާމިކް ފައިނޭންސްގެ ހަމަތަކުގެ ތެރެއިން އެއިން އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގެ ސްކޫލެއް ނުވަތަ ހޮސްޕިޓަލެއްގެ މިލްކުވެރިކަން ހޯދުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އަމީރު ތަކުރާރުކޮށް ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑިއާއާއެކު އޮތް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއާ ގުޅޭގޮތުން ސަރުކާރުން ފަތުރަމުންދާ މައުލޫމާތުތަކަށްވެސް އަމީރު ވަނީ ރައްދު ދެއްވާފައެވެ. އެއީ އެމްޑީޕީގެ ސަރުކާރުން ދޫކުރި ދަރަންޏެއް ކަމަށް ބުނެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަމީރު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ސަރުކާރު ނިމުނުއިރު އެ ފެސިލިޓީން އެއްވެސް ފައިސާއެއް ބޭނުންކޮށްފައެއް ނުވެއެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ރިޒާވް ވަރުގަދަކުރުމުގެ ނަމުގައި އެ ފައިސާ އެއްކޮށް ނަގާފައިވާތީ، އެއީ މިހާރުގެ ސަރުކާރުގެ ނިންމުމަކުން އުފެދުނު ދަރަންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު