ގއ. ކޮލަމާފުއްޓަށް ދެމުންދާ އާރުޓީއެލް ފެރީގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން، އެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހި، އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ރަށުގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި، ދަތުރުފަތުރުގެ ނިޒާމަށް އައި މި ބުރޫގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް ކުރަންޖެހޭ ދަތުރުތައް ކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މި މައްސަލައާ ގުޅިގެން އާރުޓީއެލްގެ ކޯލް ސެންޓަރުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ ރަށަށް ދެން ދަތުރެއް އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ދަތުރުތައް މެދުކެނޑިފައިވާ މުއްދަތު ދިގުލައިގެން ދިއުމުގެ ސަބަބުން، ކޮލަމާފުށްޓާ އެންމެ ކައިރީގައި އޮންނަ ކޫއްޑޫ އެއާޕޯޓަށް ދާންޖެހޭ ފަރާތްތަކަށް ވަނީ ނުހަނު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ވަކިން ހާއްސަކޮށް، ފްލައިޓް ޓިކެޓްތައް ބަދަލުކުރަން ޖެހުމުގެ ސަބަބުން ގިނަ ބަޔަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ރައްޔިތުން ފާހަގަކުރެއެވެ.
މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދީ، ދަތުރުފަތުރުގެ ޚިދުމަތް އިއާދަކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ރަށުގެ ރައްޔިތުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު