ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައި، އެގޮތަށް އިންވެސްޓްކުރާ ޑޮލަރުން ކުރާ ވިޔަފާރިން ލިބޭ އާމްދަނީ އިން ބޮޑު ފައިދާއެއް އިންވެސްޓަރުންނަށް ދިނުމަށް ނިންމައިފިއެވެ.
މި ޚިދުމަތާ ގުޅޭގޮތުން ބޭންކުން ބުނީ، ކޮންމެ ދުވަހަކުވެސް އެކި މިންވަރަށް ފައިދާލިބޭ އިންވެސްޓްމަންޓް ޕޫލްތަކެއް ހުޅުވާލެވޭނެ ކަމަށެވެ. މި ޕޫލްތަކުގެ މަޢުލޫމާތު ބޭންކުގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި އިންވެސްޓްކުރުމުގެ މުޢާމަލާތްތައް އޮންލައިންކޮށް ވަގުތުން ފުރިހަމަކޮށްލެވޭނެ ފަސޭހަ ނިޒާމެއް ބޭންކުން މިހާރު ވަނީ ތަޢާރަފުކޮށްފައެވެ.
މި އިންވެސްޓްމަންޓްތަކުގެ ތަފްސީލަށް ބަލާއިރު، އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ތެރެއިން %25 އާ ހަމައަށް ފައިދާ ލިބޭނެ ފުރުސަތު މިވަނީ ފަހިކޮށްދީފައެވެ.
މި ޚިދުމަތް ތަޢާރަފުކުރުމަށް ބޭއްވި ހަފްލާގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށާއި ތަކެތި ގަތުމަށް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކުރާ މުޢާމަލާތްތައް ފާއިތުވި 5 އަހަރު ތެރޭގައި 3.7 ގުނަ އިތުރުވެފައިވާ ކަމަށެވެ. އަދި އެވްރެޖްކޮށް މަހަކު 39.3 މިލިއަން ޑޮލަރު ބޭންކުން ވިއްކަމުންދާއިރު، މި ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދުވެސް ވަނީ 2 ގުނައަށްވުރެ އިތުރުވެފައެވެ. ކޮންމެ މަހަކު ގާތްގަނޑަކަށް 250,000 އާއި 300,000 އާ ދެމެދުގެ ޢަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުޢާމަލާތްތައް ކުރެއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، މިކަމުގެ އެންމެ މުހިންމު ސަބަބަކީ ދިވެހިން ބޭރުގެ ޤައުމުތަކުން އޮންލައިންކޮށް މުދާ ގަތުން (ކްރޮސް-ބޯޑަރ އީ-ކޮމާސް) އިތުރުވުމެވެ. މިއީ ރާއްޖޭގައި ޑިޖިޓަލް އީޖާދުތަކާއި ފައިސާ ދެއްކުމުގެ ނިޒާމުތައް ކުރިއަރައި، ބޭރުން މުދާ ގަތުން ލުއިފަސޭހަވެފައިވާ ކަމުގެ ހެއްކެކެވެ. މިއާއެކު ދިވެހިންގެ ތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ޑިޖިޓަލް ބާޒާރުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ކާޑުގެ ވިޔަފާރިއަކީ ބޭންކަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް ނަމަވެސް، މި މުޢާމަލާތްތަކަށް ޑޮލަރު ވިއްކޭނީ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީއަކުންނެވެ. "ވޭތުވެދިޔަ 36 މަސް ދުވަހުގެ ތެރޭގައި ބޭންކުން މިވަނީ ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރު ޢާންމު ފަރުދުންގެ ބޭނުންތަކަށާއި ކާޑުގެ މުޢާމަލާތްތަކަށް ވިއްކާފަ. މީގެ ތެރެއިން ގާތްގަނޑަކަށް %60 ވިއްކިފައިވަނީ ކާޑުގެ މުޢާމަލާތްތަކަށް،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އަދަދު އިތުރުވަމުންދާތީ، ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށްޓަކައި ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކަށާއި، ކަސްޓަމަރުންނަށާއި ބޭންކަށްވެސް ފައިދާހުރި ނިޒާމެއް މިވަނީ ގާއިމްކޮށްފައެވެ. ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އިންވެސްޓްކުރުމުން، އީ-ކޮމާސް ސައިޓްތަކުން ކުރާ މުޢާމަލާތްތަކުން ލިބޭ ފީ، ޚަރަދުތައް ކެނޑުމަށްފަހު އިންވެސްޓަރުންނަށް ދެވޭނެއެވެ. މީގެ ސަބަބުން ބޭންކަށް ޑޮލަރު ލިބި، ކާޑު ޕޭމަންޓްތަކާއި މުދާ އިމްޕޯޓްކުރުން ފަދަ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމުގައި ދެމެހެއްޓެނިވި ނިޒާމެއް ގާއިމްވެގެންދާނެއެވެ.
މި ހަފްލާގެ ބައިވެރިންނަށް އެފް.އެކްސް އިންވެސްޓްމަންޓް ޚިދުމަތް ބޭނުންކުރާނެ ގޮތުގެ ޑެމޯއެއް ދައްކާލާފައިވާއިރު، ސީއީއޯ ވަނީ މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެއްވައި، ބޭންކުގެ ބޭރު ފައިސާގެ ސްޓްރެޓެޖީއާ ގުޅޭ އިތުރު ތަފްސީލުތައް ހިއްސާކުރައްވާފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު