މާލޭގެ މައްޗަންގޮޅީގައި ހުރި ގެއެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައި، އޭގެ ސަބަބުން ދުމުގެ އަސަރުކުރި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މައްޗަންގޮޅި އާމިނާރަނި ހިނގުމުގައި ހުންނަ މއ. ސުއްކަތުރާ ގޭގައެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 09:46 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ އެ ގޭގެ ބަދިގެއާއި ސިޓިންގް ރޫމް ހިމެނޭ ސަރަޙައްދުގައި ހުރި ކަބަޑު ސެޓެއްގެ ތިރީ ބައިގައި ކަމަށެވެ. އަލިފާން ރޯވި ކަމުގެ ޚަބަރު ލިބުމާއެކު ފަޔަރ ފައިޓަރުން އެ ސަރަޙައްދަށް ގޮސް ކުރި މަސައްކަތުން، މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ނިއްވާލާފައެވެ.
މި ހާދިސާގައި އެ ގޭގެ ތެރޭގައި ހުރި މީހަކަށް ދުމުގެ އަސަރުކޮށްގެން، އޭނާއަށް ފަރުވާ ދިނުމަށްޓަކައި ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އެ މީހާގެ ޙާލަތާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
މި ހާދިސާގައި ގޭގެ ބަދިގެ ސަރަޙައްދަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހާދިސާ ތަޙުޤީޤު ކުރަމުންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު