ރާއްޖޭގެ އެކި ރަށްރަށަށް ނިސްބަތްވާ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ނުލިބި، ހަމައެކަނި ފްލެޓު ލިބޭ އުސޫލު އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މެންބަރު ޣަފޫރު މިހެން ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަށްވަމުންނެވެ.
މަޖިލީހުގައި މިއަދު ޣަފޫރު ވިދާޅުވީ، ވަކި ބަޔަކަށް ވަކި މޮޑެލެއްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެއް ކަމަށާއި، މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ތަފާތުކުރުންތަކުގެ މައްސަލަތަކެއް ކަމަށެވެ. އެގޮތުން، ރާއްޖެތެރޭގެ ރަށްރަށުގައި އުފަންވި އެއްވެސް މީހަކަށް މާލެ ސަރަހައްދުން ގޯއްޗެއް ލިބިފައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ރާއްޖެތެރޭގައި އޮތް އެއްވެސް ބޭފުޅަކަށް. ރާއްޖެތެރޭ އުފަން އެއްވެސް ބޭފުޅަކަށް މި މާލެ ސަރަޙައްދަކު ނެތް ގޯއްޗެއް ލިބިފައެއް. ރާއްޖެތެރޭ މީހުންނަށް ފްލެޓު. މާލޭ މެންބަރަށް ގޯތި. މިއީ ނޫންތޯ ހިނގާ ގޮތަކީ؟ އެހެންވެގެންނުވާނެ." ޣަފޫރު ވިދާޅުވިއެވެ.
ހުޅުމާލެއާއި މާލެ ސަރަހައްދުގެ އެހެން ބިންތައް ހިއްކާފައިވަނީ ހުރިހާ ދިވެހި ރައްޔިތުންގެ ފައިސާއިންކަން ފާހަގަކުރަށްވަމުން، ޣަފޫރު ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަ ފުރުސަތުތައް އޮންނަންޖެހޭނެ ކަމަށެވެ. އަދި މި ތަފާތުކުރުންތައް ނައްތާލުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ "ދާއިމީ އެޑްރެސް" އުވާލުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވާ އިގްތިސާދީ ދަތިތަކަށް އަލިއަޅުއްވާލައްވަމުން ޣަފޫރު ވިދާޅުވީ، މާލޭގައި ހުންނަ މީހަކު ސްރީލަންކާއަށް ދިއުމަށް ކުރާ ހަރަދަށް ވުރެ، ރަށެއްގައި ހުންނަ މީހަކު ލަންކާއަށް ދިއުމަށް ކުރާ ހަރަދު އެތައް ގުނައެއް ބޮޑު ކަމަށެވެ.
"ގާނޫނު އަސާސީން ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭ. މިއީ ސީދާ ތަފާތުކުރުމެއް. މާލޭގައި އުޅޭ މީހެކޭ، ރާއްޖެތެރޭގައި އުޅޭ މީހެކޭ އެއްވެސް ތަފާތެއް އޮވެގެން ނުވާނެ." ޣަފޫރު އިތުރަށް ވިދާޅުވިއެވެ.
ޣަފޫރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖެތެރޭ މީހުންނާއި މާލޭ މީހުންގެ މެދުގައި މިފަދަ ތަފާތުކުރުންތައް ގެންނަނީ ސަރުކާރުތަކުން ކަމަށާއި، ނަމަވެސް މިއީ ސަރުކާރަށް ބަދަލުކުރެވޭނެ ކަންކަން ކަމަށެވެ.
ޣަފޫރު މިހެން ވިދާޅުވެފައިވާއިރު، މިއަދުގެ ޖަލްސާގައި މި ބިލު ވަނީ ތަޅުމުން ބޭރުކޮށްފައެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 59 މެންބަރުން ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވިއިރު، ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު