މިހާރުގެ ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު އެއްވެސް މަޝްރޫއެއް ނެތް ކަމަށާއި، އެ ސަބަބާ ހުރެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގުތައް މި ސަރުކާރަށް ބަންދުވެފައިވާ ކަމަށް ޕީއެންއެފްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ބޭރުގެ ފަރާތްތަކުން އެހީއާއި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ނުލިބޭ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ބޭރު ދުނިޔޭގައި ވިއްކާނެ ނުވަތަ ދައްކާނެ ފެންވަރުގެ އެއްވެސް ތަރައްގީގެ މަޝްރޫއެއް މިހާރު ގައުމުގައި ނުހިނގާ ކަމަށެވެ. އަދި މިހާރު ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ބުނާ މަޝްރޫއުތަކަކީ ހަމައެކަނި ސަރުކާރު އޮތްކަން ދެއްކުމަށް ނަމެއްގައި ފަށާފައިވާ މަސައްކަތްތަކެއް ކަމަށް ވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ގައުމުގެ ތަރައްގީއަށް ކުރާ ހަރަދުތައް މަދުވެފައިވީ ނަމަވެސް، ސަރުކާރުން ބޭކާރު ހަރަދުތައް ކުރަމުންދާ ކަމަށް ރައީސް ޔާމީން ވަނީ ތުހުމަތު ކުރައްވާފައެވެ.
އެގޮތުން، އެކަށީގެންވާ މަސައްކަތެއް ނުކުރާ އެތައް ބަޔަކަށް ބޮޑެތި މުސާރަދީ ސަރުކާރުގެ ވަޒީފާތަކުގައި ގެންގުޅެމުންދަނީ ދައުލަތުގެ ބަޖެޓުން ކުރާ ބޭކާރު ހަރަދެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު