ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އިތުރު 710 ހައުސިންގ ޔުނިޓް ބިނާކުރުމަށް ސަރުކާރުން އިޢުލާންކޮށްފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، މި ނިންމުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮމާޝަލް ބޭންކުތަކުން ބޯހިޔާވަހިކަމުގެ ދާއިރާގައި އިންވެސްޓްކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ބީއެމްއެލް އިން މިހާރުވެސް ހުޅުމާލެ އާއި ވިލިމާލޭގައި ޖުމްލަ 3،260 ހައުސިންގ ޔުނިޓް ގެންދަނީ ތަރައްޤީ ކުރަމުންނެވެ. އަދި އަލަށް އިތުރު ކުރެވުނު 710 ޔުނިޓާއެކު މި މަޝްރޫޢު އިތުރަށް ފުޅާވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތަރުޖަމާނު ވިދާޅުވީ، އެއް މަޝްރޫޢެއް ފިޔަވައި ބީއެމްއެލްއާ ޙަވާލުކުރެވިފައިވާ ހުރިހާ މަޝްރޫޢުތަކެއްގެ ކޮންޓްރެކްޓަރުން މިހާރު ވަނީ ކަނޑައެޅިފައި ކަމަށެވެ. އަދި މި މަޝްރޫޢުތަކުގެ ޑިޒައިން މަރުހަލާތައްވެސް މިހާރު ވަނީ އެއްކޮށް ނިމިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢުތައް ކުރިއަށް ގެންދަނީ ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ މެދުވެރިކޮށެވެ. މި މަސައްކަތްތައް ޙަވާލުކޮށްފައިވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތައް ހިމެނޭ ގޮތަށެވެ.
އެގޮތުން ބައިނަލްއަޤްވާމީ ކޮންޓްރެކްޓަރުންގެ ތެރެއިން ޗައިނާގެ ދެ ކުންފުންޏެއް ކަމަށްވާ ބީ.ޔޫ.ސީ.ޖީ އަށް 1،117 ފްލެޓް އަދި ސީ.އެމް.އީ.ސީ އަށް 1،224 ފްލެޓް ބިނާކުރުމަށް ވަނީ ޙަވާލުކޮށްފައެވެ. ބާކީ ހުރި 859 ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންދާނީ ދިވެހި ކުންފުނިތަކުންނެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.

ARG
ކިޔުންތެރިންގެ ހިޔާލު