އަހުމަދު މަސްނޫމް   22 އޮކްޓޯބަރު 2020 - 22:24
ޓްރޭޑްމާކް ކޯޝަން ނޯޓިސް ނެރެފައިވަނީ ޓެޒްއާއި ރަސިލީ ސުޕާރި އުފައްދާ ޕާކިސްތާނުގެ ޝާލިމާރު ކުންފުނިންނާއި ފްރެޝްއަޕްގެ އުފެއްދުންތައް އުފައްދާ ހިލާލް ފުޑްސް ކުންފުނިންނެވެ.
ޓްރޭޑްމާކް ކޯޝަން ނޯޓިސް ނެރެފައިވަނީ ޓެޒްއާއި ރަސިލީ ސުޕާރި އުފައްދާ ޕާކިސްތާނުގެ ޝާލިމާރު ކުންފުނިންނާއި ފްރެޝްއަޕްގެ އުފެއްދުންތައް އުފައްދާ ހިލާލް ފުޑްސް ކުންފުނިންނެވެ.
ފްރެޝް އަޕް، ރަސިލީ ސުޕާރި އަދި ޓެޒް ސުޕާރީ އުފައްދާ ކުންފުނިތަކުން ޓްރޭޑްމާކް ކޯޝަން ނޯޓިސްއެއް ނެރެފިއެވެ.

ޓްރޭޑްމާކް ކޯޝަން ނޯޓިސް ނެރެފައިވަނީ ޓެޒްއާއި ރަސިލީ ސުޕާރީ އުފައްދާ ޕާކިސްތާނުގެ ޝާލިމާރު ކުންފުނިންނާއި ފްރެޝްއަޕްގެ އުފެއްދުންތައް އުފައްދާ ހިލާލް ފުޑްސް ކުންފުނިންނެވެ.

ޝާލިމާރު ކުންފުނިން ނެރެފައިވާ ނޯޓިސްގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އެކުންފުނިން އުފައްދާ ޓެޒް ސުޕާރިއާއި ރަސިލީ ސުޕާރީގެ ސޯލް އަދި އެކްސްކުލޫސިވް ޕްރޮޕިރިއޭޓަރއަކީ އެކުންފުނިކަމަށެވެ. އެހެންކަމުން އެހެން ފަރާތަކުން އެކުންފުނީގެ ޓްރޭޑްމާކް ބޭނުންކޮށްގެން އެއްވެސް އުފެއްދުމެއް އުފެއްދުމާއި ވިއްކުމަކީ މަނާކަމެއްކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ވެސް ބުނެފައި ވެއެވެ.

ހިލާލް ފުޑްސް ކުންފުނިން ނެރުނު ނޯޓިސްގައިވެސް ބުނެފައިވަނީ އެކުންފުނިން އުފައްދާ ފްރެޝް އަޕް ބްރޭންޑުގެ އުފެއްދުންތަކުގެ ސޯލް އަދި އެކްސްކުލޫސިވް ޕްރޮޕިރިއޭޓަރއަކީ އެކުންފުނިކަމަށެވެ. އެހެންކަމުން އެހެން ފަރާތުން އެކުންފުނީގެ ޓްރޭޑްމާކް ބޭނުންކޮށްގެން އެއްވެސް އުފެއްދުމެއް އުފެއްދުމާއި ވިއްކުމަކީ މަނާކަމެއްކަމަށް ބުނެފައި ވެއެވެ. އަދި އެފަދަ އަމަލެއް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އެކުންފުނިން ވެސް ބުނެފައި ވެއެވެ.

ފްރެޝް އަޕް، ރަސިލީ ސުޕާރި އަދި ޓެޒް ސުޕާރި އުފައްދާ ކުންފުނިތަކުން ޓްރޭޑްމާކް ކޯޝަން ނޯޓިސްއެއް ނެރެފައިވާއިރު، އެކުންފުނިތަކުގެ އުފެއްދުންތަކުގެ ފޭކް އުފެއްދުންތައް ނެރެގެން އާއްމުކޮށް ވިއްކާކަމުގެ ޝަކުވާ އިވެމުން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން