ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކެރިވަޑައިނުގަންނަވާނެ ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރެއްވި ޙަސަން ލަތީފު މިހެން ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ގައުމުގެ އެއްބައިވަންތަކަން ގެއްލޭ ފަދަ ކަމަކަށް ރައްޔިތުން ނޭދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކަފުޅާ ގުޅިގެން، 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހަސަން ލަތީފު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތާއި ބޭނުން ނުވާ ގޮތް ކަނޑައަޅަން ރައީސް މުއިއްޒަށް އެނގިވަޑަައިނުގަންނަވާނެ ކަމަށެވެ.
އަދި ކަންކަމުގައި ރައްޔިތުންގެ ޙަޤީޤީ ވިސްނުން އެނގޭނީ ސީދާ ރައްޔިތުންނާ ސުވާލުކޮށްގެންކަން ފާހަގަކުރައްވައި، ނިޒާމީ ވޯޓަކަށް ނުވަތަ ނިޒާމާ ބެހޭ ސުވާލެއް ރައްޔިތުންނާ ކުރިމަތިލައްވަން ރައީސް މުއިއްޒަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ޙަސަން ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވަނީ ރައީސްގެ މިފަދަ ވާހަކަފުޅުތަކަކީ ރައްޔިތުންގެ ޚިޔާލާ ނުލައި ދައްކަވާ ވާހަކަފުޅުތަކެއްކަން ފާހަގަކުރައްވައި، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުންގެ ބަސް ހޯދުމަށް ގޮވާލައްވާފައެވެ.
ނޭޝަނަލް ޗެޓް ޕްރޮގުރާމްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މީގެކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދު ދިވެހި ރައްޔިތުން ވަނީ ވަރަށް ސާފު ނިންމުމެއް ނިންމާފައިވާ ކަމަށެވެ. ރައީސް އެ އިޝާރަތް ކުރައްވަނީ މީގެ ކުރިން ނެގުނު ނިޒާމީ ވޯޓުގައި ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމާފައިވާ ނިއްމުމަށެވެ.
ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ، ކުޑަ އާބާދީއެއް އޮތް ޤައުމަކަށް ވުމާއެކު، ދިވެހިން ބޭނުންވަނީ ޔުނިޓަރީ ނުވަތަ އެއްބައިވަންތަ ދައުލަތެއް އޮންނާނެ ރިޔާސީ ނިޒާމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ޤައުމުގެ އެއްބައިވަންތަކަން ބަދަލުކޮށްލާނެ ފަދަ ވެރިކަމުގެ ނިޒާމެއް ގެނެސްގެން، އެއްބައިވަންތަކަން ގެއްލެން ދިވެހިން ބޭނުންވާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީން މަސައްކަތް ކުރަނީ އެ ފަރާތްތަކުގެ ތެރޭގައި ވެރިކަން ކުރަން ބޭނުންވާ މީހުން ގިނަވުމުން އެންމެންނަށް ބޮޑެތި މަގާމުތައް ދިނުމުގެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވާ ގޮތާއި ބޭނުން ނުވާ ގޮތް ކިޔައިދެއްވަން ރ.މުއިއްޒު އަކަށް އެނގިވަޑައެއް ނުގަންނަވާނެ. ކަންކަމުގައި ރައްޔިތުން ބޭނުންވާ ގޮތާއި ބޭނުން ނުވާގޮތް އެނގޭނީ އެ ރައްޔިތުން ގާތު އެހުމުން! ނިޒާމާ ބެހޭ ސުވާލެއް ރައްޔިތުން ގާތު އައްސަވާކަށް ކެރިވަޑައެއް ނުގަންނަވާނެ!! https://t.co/sfR4dLDWNt
— Hassan Latheef (@HassanLatheef) June 27, 2026
އަދި ކަންކަމުގައި ރައްޔިތުންގެ ޙަޤީޤީ ވިސްނުން އެނގޭނީ ސީދާ ރައްޔިތުންނާ ސުވާލުކޮށްގެންކަން ފާހަގަކުރައްވައި، ނިޒާމީ ވޯޓަކަށް ނުވަތަ ނިޒާމާ ބެހޭ ސުވާލެއް ރައްޔިތުންނާ ކުރިމަތިލައްވަން ރައީސް މުއިއްޒަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ޙަސަން ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވަނީ ރައީސްގެ މިފަދަ ވާހަކަފުޅުތަކަކީ ރައްޔިތުންގެ ޚިޔާލާ ނުލައި ދައްކަވާ ވާހަކަފުޅުތަކެއްކަން ފާހަގަކުރައްވައި، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުންގެ ބަސް ހޯދުމަށް ގޮވާލައްވާފައެވެ.
ނޭޝަނަލް ޗެޓް ޕްރޮގުރާމްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މީގެކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދު ދިވެހި ރައްޔިތުން ވަނީ ވަރަށް ސާފު ނިންމުމެއް ނިންމާފައިވާ ކަމަށެވެ. ރައީސް އެ އިޝާރަތް ކުރައްވަނީ މީގެ ކުރިން ނެގުނު ނިޒާމީ ވޯޓުގައި ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމާފައިވާ ނިއްމުމަށެވެ.
ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ، ކުޑަ އާބާދީއެއް އޮތް ޤައުމަކަށް ވުމާއެކު، ދިވެހިން ބޭނުންވަނީ ޔުނިޓަރީ ނުވަތަ އެއްބައިވަންތަ ދައުލަތެއް އޮންނާނެ ރިޔާސީ ނިޒާމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ޤައުމުގެ އެއްބައިވަންތަކަން ބަދަލުކޮށްލާނެ ފަދަ ވެރިކަމުގެ ނިޒާމެއް ގެނެސްގެން، އެއްބައިވަންތަކަން ގެއްލެން ދިވެހިން ބޭނުންވާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީން މަސައްކަތް ކުރަނީ އެ ފަރާތްތަކުގެ ތެރޭގައި ވެރިކަން ކުރަން ބޭނުންވާ މީހުން ގިނަވުމުން އެންމެންނަށް ބޮޑެތި މަގާމުތައް ދިނުމުގެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

BEL
ENG
GHA
ކިޔުންތެރިންގެ ހިޔާލު