އިސްރާއީލުގެ ޖަލުން ދޫކޮށްލި ފަލަސްތީނުގެ ނޫސްވެރިއެއްގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލާއި އޭނާގެ ހާލަތު ފެންނަ ފޮޓޯތަކެއް އާންމުވުމާ ގުޅިގެން، އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނު މީހުންނަށް ކުރާ އަނިޔާތަކާއި ޖަލުގެ ހާލަތާ މެދު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މި ހަފުތާގެ ކުރީކޮޅު އިސްރާއީލުގެ ބަންދުން މިނިވަންވި ނޫސްވެރިޔާ މުޖާހިދު ބަނީ މުފްލިހް ހައްޔަރުކުރުމުގެ ކުރިން ހުރި ގޮތާއި، މިނިވަންވުމަށްފަހު އޭނާގެ ހަށިގަނޑު ހުރި ގޮތުގެ ފޮޓޯތަކުން ފެންނަނީ އޭނާ އިންތިހާއަށް އަނަރޫފަވެ، ބަލިކަށިވެފައިވާ މަންޒަރެވެ. މި މަންޒަރުތަކުގެ ސަބަބުން ނޫސްވެރިންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އާންމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ.
ފަލަސްތީނިއަން ޕްރިޒަނަރސް ސޮސައިޓީން ބުނެފައިވަނީ މި ފޮޓޯތަކަކީ "ސިހުން ލިބޭ ފަދަ" ފޮޓޯތަކެއް ކަމަށެވެ. އެ ޖަމިއްޔާއިން ތުހުމަތުކުރާ ގޮތުގައި މިއީ އިސްރާއީލުގެ ޖަލުތަކުގައި ދެވޭ އިހާނެތި ހަމަލާތަކާއި، އެކަށީގެންވާ ބޭސްފަރުވާ ނުދިނުމުގެ ސަބަބުން ކުރިމަތިވި ހިތްދަތި ނަތީޖާއެކެވެ. އެ ޖަމިއްޔާއިން ވަނީ ގައިދީންނާ މެދު އަމަލުކުރާ ގޮތް ބައިނަލްއަގުވާމީ މިނިވަން މުއައްސަސާއަކުން ތަހުގީގު ކުރުމަށާއި، ބައިނަލްއަގުވާމީ ފަރާތްތަކުން މިކަން ގާތުން ބެލުމަށް ގޮވާލާފައެވެ.
ރިޕޯޓްތައް ބުނާގޮތުން މިނިވަންވުމަށްފަހު މުޖާހިދުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ސިކުނޑިއަށް ލޭ ފޭބުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކަކީ މި ބައްޔާ ގުޅިގެން ދެވުނު ފަރުވާގެ ސަބަބުން ދިމާވި ކަމަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މީގެ ކުރިން އިސްރާއީލުން ވަނީ ގައިދީންނަށް ގާނޫނީ މިންގަނޑުތަކާ އެއްގޮތަށް ސިއްހީ ފަރުވާ ދޭ ކަމަށް ބުނެ، ޖަލުތަކުގައި ނިޒާމީ ގޮތެއްގައި އަނިޔާކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
މި މައްސަލައާއެކު، އިސްރާއީލުގެ އަނިޔާވެރިކަމުގެ ދަށުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ހައްގުތަކާ މެދު ބައިނަލްއަގުވާމީ މައިދާނުގައި އަނެއްކާވެސް ބަހުސްތައް ވަނީ ގަދަވެފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ޖަލުތަކުގެ ހާލަތު ބެލުމަށް މިނިވަން ތަހުގީގުތަކެއް ހިންގުމަށް ބާރުއަޅަމުންނެވެ.

USA
IRQ
FRA
ކިޔުންތެރިންގެ ހިޔާލު