ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އާއި އޭޝިއާގެ ސިޔާސީ ޕާޓީތަކުގެ ނެޓްވޯކްތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމް.ޑީ.ޕީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދާއި، ކުރީގެ ޗެއަރޕާސަން މާރިޔާ އަޙްމަދު ދީދީ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ ޢަބްދުﷲއެވެ. އެމްޑީޕީގެ ޓީމުން ބައްދަލު ކުރެއްވީ ކޮރެއާގެ ނޭޝަނަލް އެސެމްބްލީގެ ރައީސްގެ ޚާއްޞަ މަންދޫބު އަދި އައި.ސީ.އޭ.ޕީ.ޕީގެ ސަފީރު ޖޮންގ-މޫން ޗޮއި އާއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އައި.ސީ.އޭ.ޕީ.ޕީ އާއި އޭޝިއާ ސަރަޙައްދުގެ ސިޔާސީ ޕާޓީތަކާއެކު އެމް.ޑީ.ޕީން ބާއްވާ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުން ކަަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
މި ބައްދަލުވުން ބާއްވާފައިވާއިރު، އެމް.ޑީ.ޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވަނީ އިނގިރޭސިވިލާތަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންފައެވެ. މި ދަތުރުފުޅުގައި ޔޫކޭ ކޮންޒަވެޓިވް ޕާޓީގެ އޮފިޝަލުންނާއި ޔޫކޭ ބާ ކައުންސިލްގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަންނަވާނީ 2 ޖުލައި 2026 ގައެވެ.
އެމްޑީޕީގެ ޙަރަކާތްތައް ބައިނަލް އަޤްވާމީ މައިދާނަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ ޕާޓީގެ ޢާއްމު މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
އިންތިޚާބަށްފަހު، އެމް.ޑީ.ޕީގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ލޯކަލް ކައުންސިލްތަކަށް ފަންނީ، މާލީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް" (އައި.އެލް.ސީ-ޕީ.ޑީ.އޯ) މިހާރު ވަނީ ޤައުމީ ސެކްރެޓޭރިއަޓުގައި ޤާއިމުކޮށްފައެވެ. މި އޮފީހުގެ ވެރިއަކަށް ހަމަޖައްސަވާފައިވަނީ ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރުއެވެ.
މީގެ އިތުރުން، ޕާޓީގެ ސިޔާސީ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން "ބޮޑު ބަދަލު" އޮފީސް ރަސްމީކޮށް ހުޅުވައި، އެ އޮފީހުގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަށާފައެވެ. މި އޮފީހުގެ އިސްވެރިއަކަށް އައްޔަނުކުރައްވާފައިވަނީ ޕާޓީގެ ކުރީގެ ޗެއަރޕާސަން އަލްއުސްތާޛް ޙަސަން ލަޠީފެވެ.
އެމް.ޑީ.ޕީން ބޭރުގެ ޖަމުޢިއްޔާތަކާއި ޕާޓީތަކާއެކު ގުޅުން ބަދަހިކުރަމުންދާއިރު، އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް އެ ޕާޓީން ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ.

President of MDP, @abdulla_shahid along with @MariyaDidi and @evattey , met with Ambassador Jong-moon Choi of ICAPP, Special Representative of the Speaker of Korean National Assembly.
— MDP Secretariat (@MDPSecretariat) June 25, 2026
Discussions centred on strengthening MDP’s engagement with ICAPP and its network of Asian… pic.twitter.com/2tL1lp8S6z
މި ބައްދަލުވުން ބާއްވާފައިވާއިރު، އެމް.ޑީ.ޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވަނީ އިނގިރޭސިވިލާތަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންފައެވެ. މި ދަތުރުފުޅުގައި ޔޫކޭ ކޮންޒަވެޓިވް ޕާޓީގެ އޮފިޝަލުންނާއި ޔޫކޭ ބާ ކައުންސިލްގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަންނަވާނީ 2 ޖުލައި 2026 ގައެވެ.
އެމްޑީޕީގެ ޗެއަރޕާސަން ރައީސް @MohamedNasheed މިއަދު އިނގިރޭސި ވިލާތަށް ފުރާވަޑައިގަންނަވާނެ.
— MDP Secretariat (@MDPSecretariat) June 24, 2026
މި ދަތުރުފުޅުގައި ޔޫކޭ ކޮންޒަވެޓިވް ޕާޓީގެ އޮފިޝަލުންގެ އިތުރުން ޔޫކޭ ބާ ކައުންސިލްއާ ބައްދަލު ކުރައްވާނެ.
އެނބުރި މާލެ ވަޑައިގަންނަވާނީ 2 ޖުލައި 2026 ގައި. pic.twitter.com/NnqCwAyzE6
އެމްޑީޕީގެ ޙަރަކާތްތައް ބައިނަލް އަޤްވާމީ މައިދާނަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ ޕާޓީގެ ޢާއްމު މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
އިންތިޚާބަށްފަހު، އެމް.ޑީ.ޕީގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ލޯކަލް ކައުންސިލްތަކަށް ފަންނީ، މާލީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް" (އައި.އެލް.ސީ-ޕީ.ޑީ.އޯ) މިހާރު ވަނީ ޤައުމީ ސެކްރެޓޭރިއަޓުގައި ޤާއިމުކޮށްފައެވެ. މި އޮފީހުގެ ވެރިއަކަށް ހަމަޖައްސަވާފައިވަނީ ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރުއެވެ.
މީގެ އިތުރުން، ޕާޓީގެ ސިޔާސީ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން "ބޮޑު ބަދަލު" އޮފީސް ރަސްމީކޮށް ހުޅުވައި، އެ އޮފީހުގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަށާފައެވެ. މި އޮފީހުގެ އިސްވެރިއަކަށް އައްޔަނުކުރައްވާފައިވަނީ ޕާޓީގެ ކުރީގެ ޗެއަރޕާސަން އަލްއުސްތާޛް ޙަސަން ލަޠީފެވެ.
އެމް.ޑީ.ޕީން ބޭރުގެ ޖަމުޢިއްޔާތަކާއި ޕާޓީތަކާއެކު ގުޅުން ބަދަހިކުރަމުންދާއިރު، އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް އެ ޕާޓީން ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ.

MEX
CIV
GER
ކިޔުންތެރިންގެ ހިޔާލު