ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އިޢުލާނު ކޮށްފައިވަނީ ސްޓިމިއުލަސް ޕެކޭޖެއްތޯ ނުވަތަ ރިލީފް ފަންޑެއްތޯ ސާފުކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ސަރުކާރުން އިޢުލާނުކޮށްފައިވަނީ ރިލީފް ފަންޑެއްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި މާވަށު ދާއިރާގެ މަޖިލިސް މެންބަރު ސަޢީދު ވަނީ ސަރުކާރުގެ އެހީގެ ޕެކޭޖަކީ ވަންހަނާ ވެފައިވާ ބޮޑު ސިއްރެއް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަކީ ކުއްލި ކުއްލިއަށް އަންނަ ދޯހަޅި ވިސްނުންތަކެއްގެ މައްޗަށް އިޢުލާނުކުރާ ކަންތައްތަކެއްތޯ ވެސް ސަޢީދު ސުވާލު އުފެއްދަވާފައި ވެއެވެ.

ސަޢީދު މިފަދައިން ސުވާލު އުފައްދަވާފައިވާއިރު މީގެކުރިން ސަރުކާރުން ބުނަމުން އައި ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވަމުން އަންނަ އިޤްތިޞާދީ ހީނަރު ކަމަށް ފަރުވާއެއް ދިނުމަށް ތަޢާރަފު ކުރި މާލީ އެހީއަކީ ސްޓިމިއުލަސް ޕެކޭޖެއް ކަމަށެވެ. ނަމަވެސް ރޭ ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ މިހާރު އެ ޕެކޭޖަކީ ރިލީފް ޕެކޭޖެއް ކަމަށެވެ.

ސަޢީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަށް ބޭނުންވަނީ ވަރަށް އިތުބާރުހުރި ޔަޤީން ނިންމުންތަކެއް ކަމަށާއި، ހުވަފެނީ ހީކުރުންތަކެއް ނޫން ކަމަށެވެ. ސަޢީދުގެ ޓްވީޓްގައި ވަނީ ރައީސް ޞާލިޙް ނޫސްވެރިންނާ ބައްދަލު ކުރަށްވައި، ސަރުކާރުން ތަޢާރަފް ކުރަށްވަނީ ސްޓިމިއުލަސް ޕެކޭޖެއް ކަމަށް ވިދާޅުވި ބަސްފުޅު ހިމެނޭ ފޮޓޯއެއް ވެސް ހިމަނުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން