ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށް އިޒްރޭލުން ގަސްދުގައި ނުރައްކާތެރި ހަމަލާތައް ދެމުންދާކަން އދ. ގެ މިނިވަން ތަހުގީގީ ކޮމިޝަނަކުން ނެރުނު ރިޕޯޓެއްގައި ކަށަވަރުކޮށްދީފިއެވެ.
އިރުމަތީ ގުދުސް ހިމެނޭހެން ފަލަސްތީނުގެ އިޙްތިލާލު ކުރެވިފައިވާ ބިންތަކާއި އިޒްރޭލާ ގުޅޭގޮތުން އދ. އިން އެކުލަވާލާފައިވާ މިނިވަން ބައިނަލްއަގުވާމީ ކޮމިޝަނުން ފާހަގަކުރި ގޮތުގައި، އިޒްރޭލު ސިފައިން ކުޑަކުދިންނަށް އަމާޒުކޮށް ހިންގާ ލާއިންސާނީ އަމަލުތަކަކީ ޤަތުލުއާންމުގެ (ޖެނޮސައިޑް) އަމަލުތަކެކެވެ. މީގެ އިތުރުން މިއީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އިޒްރޭލުގެ މި އަމަލުތަކަކީ ފަލަސްތީނުގެ މުސްތަގުބަލު ބާޠިލުކޮށް، އެ ގައުމުގެ ޖީލުތައް ނައްތާލުމަށް ރާވައިގެން ހިންގާ ހަރަކާތްތަކެކެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް އެކި މަރުހަލާތަކުގައި މަސައްކަތް ކުރެވުނު ނަމަވެސް، ކުޑަކުދިންނަށް އަމާޒުކޮށް ދެވޭ ހަމަލާތަކަށް އެއްވެސް މަޑުޖެހުމެއް އައިސްފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ކުޑަކުދިން ބަންދުކޮށް، އެކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތައް ދިނުމުގެ އިތުރުން، ލާއިންސާނީ ޖިންސީ ގޯނާތައް ކުރަމުންދާކަމުގެ ހެކިތައް ލިބިފައިވާކަން އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ގާޒާގައި އިޒްރޭލުން ދެމުންދާ ހަމަލާތަކާއި އަޅާފައިވާ ހިސާރުގެ ސަބަބުން ކާބޯތަކެއްޗާއި އަސާސީ ބޭސްފަރުވާ ނުލިބި، ގިނަ އަދަދެއްގެ ކުޑަކުދިން މަރުވަމުންދާ މައްސަލައާމެދު ރިޕޯޓުގައި އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ކޮމިޝަނުގެ މުގައްރިރު ސުރީނިވަސަން މުރަލީދަރު ވިދާޅުވީ، ކުޑަކުދިންނަށް ދެވޭ މި ހަމަލާތަކަކީ ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގަށް އަރައިގަތުމަށް ހިންގާ އަމަލުތަކެއް ކަމަށެވެ. މި ރިޕޯޓާ ގުޅިގެން، އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ އަޑުތައް ވަނީ ކުރިއަށްވުރެ ގަދަވެފައެވެ.

COD
QAT
CAN
ކިޔުންތެރިންގެ ހިޔާލު