މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ "އޮޅުހިޔާ" ފެސިލިޓީގެ ކްލިނިކަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން ބުނީ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 24 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އެ މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ. އަދި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
މާލޭގެ މަގުމަތީގައި ބުޅާ ގިނަވެ، އޭގެ ސަބަބުން ކުރިމަތިވާ ތަފާތު އުނދަގޫތަކާއި ނަޖިހުގެ މައްސަލައަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ބުޅާތަކަށް ހާއްސަ ފެސިލިޓީއެއް ގާއިމުކުރުމުގެ ތަސައްވުރު އެންމެ ފުރަތަމަ ހުށަހެޅުއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު މި މަސައްކަތް އަމަލީގޮތުން ފެއްޓެވިއެވެ.
ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ މި ފެސިލިޓީއަކީ އެޗްޑީސީން މާލެ ސިޓީ ކައުންސިލަށް ދޫކޮށްފައިވާ 5،000 އަކަފޫޓުގެ ބިމެއްގައި ބިނާކޮށްފައިވާ ތަނެކެވެ. މި މަސައްކަތް ނިންމުމަށް އެކި މުއްދަތުތަކެއް ކަނޑައެޅުނު ނަމަވެސް، އެކި ސަބަބުތަކާހުރެ މަސައްކަތް ލަސްވެ، އެންމެ ފަހުން މި ފެސިލިޓީ ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު