ހއ. އުތީމުގެ ތާރީޚީ މުއްސަނދިކަން ރަމްޒުކޮށްދޭ އެންމެ މުހިންމު ބިނާ ކަމަށްވާ އުތީމު ގަނޑުވަރު ހިމެނޭ ސަރަހައްދު ލޭންޑްސްކޭޕްކޮށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
އުތީމު ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ކައުންސިލުން ދޭ މަޢުލޫމާތާއި އިރުޝާދާ އެއްގޮތަށް ގަނޑުވަރު ސަރަހައްދު ތަރައްގީކޮށް ޒީނަތްތެރިކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. މި މަޝްރޫޢަކީ އުތީމަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހި ރައްޔިތުންނަށް އެ ސަރަހައްދުގެ ހިތްގައިމުކަން އިތުރަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި ބިޑުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.
ބިޑު ހުށަހެޅުމުގެ ރަސްމީ މަރުހަލާ ކުރިއަށްދާނީ އަންނަ މަހުގެ ނުވަވަނަ ދުވަހު އުތީމު ކައުންސިލް އިދާރާގައެވެ.
އުތީމު ގަނޑުވަރަކީ ޕޯޗްގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ގައުމީ ބަތަލު، އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް (ބޮޑުތަކުރުފާނު) ދިރިއުޅުއްވި ގެކޮޅެވެ. 16 ވަނަ ގަރުނުގައި ބިނާކޮށްފައިވާ މި ތާރީޚީ ބިނާއަކީ ދިވެހިންގެ ކެރުމާއި ހިތްވަރުގަދަކަން ދައްކުވައިދޭ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އަދި އެންމެ ފާހަގަކޮށްލެވޭ އެއް އާސާރީ ތަނެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު