މާލޭގައި ހުންނަ މަސްޖިދުލް ފުރުގާން މިސްކިތުގެ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވާއިރު، މިކަން ހިނގި ގޮތް ބަލައިދިނުމަށް އެދި މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ފުލުހުންނަށް ރަސްމީކޮށް ރިޕޯޓުކޮށްފައެވެ.
މި ފިނޑި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިސްކިތްތަކަށް ގެއްލުންދޭ ފަރާތްތައް އަވަހަށް ހޯދައި، އެ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅައި ހައްގު އަދަބު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އަދި މިފަދަ ނޭއްގާނީ އަމަލުތަކަކީ މުޖުތަމައުއިން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަންކަން ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފުރުގާން މިސްކިތަށް މިފަދަ ގެއްލުންތައް ދިން މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.
މީގެ ކުރިން 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުވެސް އެ މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް ގިނަ ކަންތައްތަކެއް ވަނީ ކޮށްފައެވެ.
އެ ފަހަރު މިސްކިތުގެ ފަހަތުގައި ހުރި ހަތިމުތައް މުޅި ތަނަށް އުކާލުމުގެ އިތުރުން، ކަރަންޓު ބޯޑުތަކާއި އެޑެޕްޓަރުތައް ހަލާކުކޮށް، ވުޟޫކުރާ ބައިގެ އިސްކުރުތައް ބިންދާލައި މިސްކިތުގެ ތަކެއްޗަށް ވަނީ ގެއްލުން ދީފައެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު