ބަންގްލަދޭޝްގެ ނަރުސިންގްޑީ އަދި ސަވާރް ސަރަހައްދަށް ދިން ވިދުވަރު
ބަންގްލަދޭޝްގެ ނަރުސިންގްޑީ އަދި ސަވާރް ސަރަހައްދަށް ދިން ވިދުވަރު
ބަންގްލަދޭޝްގެ ނަރުސިންގްޑީ އަދި ސަވާރް ސަރަހައްދަށް ދިން ވިދުވަރުގެ ހަމަލާތަކެއްގައި 6 މީހަކު މަރުވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާތަކުގައި މަރުވި މީހުންގެ ތެރޭގައި 3 ދަރިވަރުންނާއި 3 ދަނޑުވެރިން ހިމެނެއެވެ.

މި ހާދިސާތައް ހިނގާފައިވަނީ މޫސުން ގޯސްވެ، ވިދުވަރާއި އެކު ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތުގައެވެ. މި ހާދިސާގައި 3 ދަރިވަރުން މަރުވެފައިވަނީ ނަރުސިންގްޑީ ސަރަހައްދުގައެވެ.

އަދި ހަމަ އެދުވަހު ސަވާރް ސަރަހައްދުގައި 3 ދަނޑުވެރިއަކު ދަނޑުގައި މަސައްކަތް ކުރަމުން ދަނިކޮށް ވިދުވަރު ޖެހި ވަނީ މަރުވެފައެވެ.

ބަންގްލަދޭޝްގައި ވިދުވަރު ޖެހުމުގެ ހާދިސާތަކަކީ ގިނަ ފަހަރަށް ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތަކެއް ކަމުން، މޫސުން ގޯސްވާ ވަގުތުތަކުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު