ފާއިތުވި ހަފުތާގެ ތެރޭގައި ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން 11 ކުއްލި ހާދިސާއެއްގައި ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ޤައުމީ ދިފާޢީ ބާރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މައްސަލަތައް ރިޕޯޓުކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ އޭރިއާ ކޮމާންޑަށް 8 ހާދިސާއެއް ހުށަހެޅިފައިވާއިރު، ރާއްޖޭގެ ދެކުނުގެ ސަދަން އޭރިއާ ކޮމާންޑަށް ވަނީ 3 ހާދިސާއެއް ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން ރާއްޖޭގެ އުތުރުގެ ބައެއް ސަރަހައްދުތަކުގައި ހިނގި ކަންކަމުގައި ވެސް އެމްއެންޑީއެފްގެ އެފްއާރުއެސްއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަލިފާނުގެ ނުރައްކާތަކާއި އެހެނިހެން ކާރިސާތަކުގައި އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްއެންޑީއެފްގެ އެފްއާރުއެސް އިން އަންނަނީ 24 ގަޑިއިރު މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
ކުއްލި ހާލަތްތަކުގައި ލަސްނުކޮށް އެހީތެރިކަން ހޯދުމަށް، ސިފައިންގެ ހޮޓްލައިން ނަންބަރު 118 އަށް ގުޅުމަށް އެ މުއައްސަސާއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

JPN
KSA
IRN
ކިޔުންތެރިންގެ ހިޔާލު