މަސްވެރިކަމުގެ ސިނާޢަތް ކޮޅަށްޖެހުމަށް ކުރާ މަސައްކަތަށް ހުރަސްއަޅައިގެން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ޝާއިޢުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ ދެވަނަ އެޕިސޯޑުގައި، މަސްވެރިކަމުގެ ސިނާޢަތާ ގުޅޭގޮތުން ރާއްޖޭގެ ނޫހަކުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ފުން އަނދަވަޅެއްގައި ކަމަށާއި، އެ ހާލަތުން މަސްވެރިކަމުގެ ސިނާޢަތް ސަލާމަތްކޮށް ކޮޅަށްޖެހުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މިގޮތުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ކުރާ މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސްއެޅުމަކީ އޭގެއިން އެއްވެސް މަންފާއެއް ކުރާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މުޅި ސިނާޢަތް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިފްކޯގެ ހިންގުމަށް ގެނެވުނު ބަދަލުތަކުން މިހާރުވެސް ކާމިޔާބީތަކެއް ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިފްކޯއިން މަސްގަންނަ އަގު ކިލޯއަކަށް 20 ރުފިޔާގައި ހިފެހެއްޓުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އުންމީދަކީ ކުރިމަގުގައި އެއަށްވުރެ ވެސް ރަނގަޅު އަގެއް މަސްވެރިންނަށް ހޯދައިދިނުން ކަމަށާއި، އިނގިރޭސިވިލާތުން ދިވެހި މަހަށް ދީފައިވާ ޓެރިފް އިނާޔަތްތައް ދާއިމީކުރުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ މަސައްކަތުގެ ތެރެއަށް މިފްކޯ އަލުން ވައްދައިގެން އެންމެ ރަނގަޅު އަގު ހޯދައިދިނުމުގެ މަސައްކަތް، މަސްވެރިންގެ ބައިވެރިވުމާއެކު ކުރިއަށްދާނެ ކަމަށެވެ. ހަމައެހެންމެ، ސަރުކާރު ކުންފުނިތައް އެންމެ އެކަށީގެންވާ ސައިޒަށް ކުޑަކުރުމުން، މަސައްކަތްތެރިން މަސްވެރިކަމުގެ ސިނާޢަތަށް ނުކުމެ، އޭގެ ހެޔޮ ބަދަލު މުޅި އިޤްތިޞާދަށް ކުރާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ކުރިއެރުން ހޯދައިދިނުމަށް ކުރާ މަސައްކަތްތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވަމުން، ރައީސް ވިދާޅުވީ މާލޭގައި ޒަމާނީ ފެންވަރުގެ މަސް މާރުކޭޓެއް ތަރައްޤީކުރުމަށް ހުރި ހުރަސްތަކަށްވެސް މި ސަރުކާރުން ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.

PAR
SWE
CIV
ކިޔުންތެރިންގެ ހިޔާލު