ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން ހިންގުން ހަރުދަނާކޮށް، ކުންފުނީގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް މަދުކުރުމަށް (ރައިޓްސައިޒް ކުރުމަށް) ފެށި މަސައްކަތުގެ ދަށުން، ހަތަރު މަހުގެ މުސާރަ ލިބޭ ގޮތަށް ވަޒީފާއިން ވަކިވާން 97 މުވައްޒަފަކު ހުށަހަޅައިފި އެވެ.

މި ފުރުސަތު ހުޅުވާލުމުން އެކަމަށް އެދުމަށް ދިން 10 ދުވަހުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ވިދާޅުވި ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހު އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު، އެ ކުންފުނީގެ މުވައްޒަފުންގެ ޖުމްލަ އަދަދު 8،000 އަށް އަރަ އެވެ.

އަދި މިހާރު ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް އެކަނި ވެސް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ފެނަކައަކީ ސިޔާސީ ބޭނުންތަކަށްޓަކައި ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ދީފައިވާ ކުންފުންޏެކެވެ.

އެގޮތުން، އެ ކުންފުނީގައި މަސައްކަތެއް ނެތި، ނަމަވެސް އެއްވެސް ހުރަހެއް ނެތި މުސާރަ ލިބެމުންދާ ގިނަ އަދަދެއްގެ މުވައްޒަފުން ތިބި ކަމަށް އެ ފަރާތްތަކުން ބުނެފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު