ރައީސުލްްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޯވިޑް-19 ޓާސްކްފޯސްއާއެކު
ރައީސުލްްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޯވިޑް-19 ޓާސްކްފޯސްއާއެކު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ސަރުކާރުން ހުޅުމާލޭގައި ޢިމާރާތްކުރާ ހުޅުމާލެ މެޑިކަލް ފެސިލިޓީ އަށާއި، ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީ އަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު ރައީސް ޞާލިޙް އެ ފެސިލިޓީތަކަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާ، މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ފަރުކޮޅުފުށި ހާއްސަ ކޮށްފައިވަނީ ކޯވިޑް-19 ޖެހޭ މީހުންގެ ތެރެއިން ''ހައި ރިސްކު'' މީހުންނަށެވެ. އެ ރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހެދުމަށް 5.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީ ޢިމާރާތް ކުރުމަށް 12 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި، އެ ޢިމާރާތަށް ބޭނުންވާ މެޝިނަރީ އަށް 28 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ކޯވިޑް-19 ޓާސްކްފޯސްގެ ސްޕޯކްސް ޕާރސަން މަބްރޫކް ޢަޒީޒް ވަނީ ބުނެފައެވެ.

ކޯވިޑް-19 އާ ގުޅިގެން ސިއްޙީ މާހިރުން ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ކުރިން ބޭއްވި ނޫސް ކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ މަސައްކަތަށް ބޭނުންވާ ސާމާނު ދަތިކަމެއް ނެތި ލިބެމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން