މީދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ފަންނާނު އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވިކަމަށް ބުނެ، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގައި ފާހަގަކޮށްލެވޭ އެއާ ޓްރާންސްޕޯޓް ސޭފްޓީ އިންޖިނޭރު، އަހުމަދު ޒުހައިރު (ޖުހާ) އޭނާ އަދާކުރަމުން އައި ވަޒީފާއިން ވަކިކޮށްފިއެވެ.
1984 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލުކުރުމަށްފަހު އެއާ މޯލްޑިވްސްއިން ކެރިއަރު ފެށި ޒުހައިރަކީ، މި ސަރަހައްދުގައި ވެސް ހުރި އެފަދަ ފަންނީ ގާބިލުކަން ހުރި މަދު އިންޖިނޭރުންގެ ތެރެއިން އެކެކެވެ.
ޒުހައިރުގެ ކޮއްކޮ އަކީ އަބްދުﷲ ސޯދިގުގެ އަނބިކަނބަލުން ކަމަށްވާއިރު، ސޯބެގެ ކެމްޕޭނު ހަރަކާތެއްގެ ތެރެއިން ޒުހައިރު ސޯބެއާއެކު ހުރި ފޮޓޯއެއް އާންމުވުމާއެކު، އޭނާ ވަޒީފާއިން ވަކިކުރަން ނިންމީ ސިޔާސީ ބޭނުމެއްގައި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް، ސިޔާސީ ހިޔާލުތަފާތުވުމެއްގެ ސަބަބުން މީހެއްގެ ފަންނީ ކެރިއަރަށް މިފަދަ ނޭދެވޭ އަސަރުތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސް ނަޝީދުގެ އިތުރުން ގިނަ ފަރާތްތަކަކުން ފާހަގަކުރާ ގޮތުގައި، ސިޔާސީ ވިސްނުމުގެ ސަބަބުން މީހެއްގެ ވަޒީފާ ގެއްލޭ ގޮތަށް ކަންތައްތައް ވެގެން ދިއުމަކީ މިހާރު ހިނގަމުންދާ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދަންޖެހޭ ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ.

Alhugandu ge rahumaiytheri Ahmed Zuhair-Juha Majeediyya nimigen 1984 ga masaikaiy kuraan feshee Air Maldives ga. Miadhu Zuhair akee mi saraha’dhugai ves neiyfadha qualified Transport Safety engineer eh. Zuhair ge kokko akee Abdulla Sodiq -Sobe ge anhenun. Sobe ge campagin gai… pic.twitter.com/DA91PBGu4y
— Mohamed Nasheed (@MohamedNasheed) June 19, 2026
މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސް ނަޝީދުގެ އިތުރުން ގިނަ ފަރާތްތަކަކުން ފާހަގަކުރާ ގޮތުގައި، ސިޔާސީ ވިސްނުމުގެ ސަބަބުން މީހެއްގެ ވަޒީފާ ގެއްލޭ ގޮތަށް ކަންތައްތައް ވެގެން ދިއުމަކީ މިހާރު ހިނގަމުންދާ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދަންޖެހޭ ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ.

KOR
AUS
MAR
ކިޔުންތެރިންގެ ހިޔާލު