ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން އޮންލައިން ފްރޯޑް ނުވަތަ ސައިބަރ ކްރައިމް ހިންގާ ގްރޫޕްތަކާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަކުރުމާ ގުޅިގެން، އެފަދަ ޖަމާއަތްތަކުން އެމީހުންގެ މަސައްކަތްތައް ސްރީލަންކާއަށް ބަދަލުކުރަމުންދާތީ އެ ގައުމުގެ ސަރުކާރުން ވަރުގަދަ އިންޒާރެއް ދީފިއެވެ.
ސްރީލަންކާ ފުލުހުން ހާމަކުރި ގޮތުގައި، ބޭރުގެ ކުށްވެރިވާ ގްރޫޕްތަކުން ދަނީ އެ ގައުމުގެ ޓޫރިސްޓް ވިސާގެ ނިޒާމާއި ގަވާއިދުތަކުގައި ހުރި ބައެއް ބާގަނޑުތަކުގެ ނާޖާއިޒު ފައިދާ ނަގައި، ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި މީހުންނަށް އަމާޒުކޮށްގެން އޮންލައިން ފްރޯޑް ނެޓްވޯކްތަކެއް ހިންގަމުންނެވެ. މި އަހަރުގެ މިހާތަނަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ހިންގި ހާއްސަ އޮޕަރޭޝަންތަކުގައި، ސްކޭމް ސެންޓަރުތަކުގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަންތަން ބަލައި ފާސްކޮށް، ބޭރު ގައުމުތަކަށް ނިސްބަތްވާ ގާތްގަނޑަކަށް 700 އެއްހާ މީހުން ވަނީ ހައްޔަރުކޮށް ޑީޕޯޓްކޮށްފައެވެ. މިފަދަ ޖަރީމާތައް ހިންގުމަށް އެމީހުން ބޭނުންކުރަނީ ކުއްޔަށް ހިފާފައިވާ އޮފީސްތަކާއި، އެޕާޓްމަންޓްތަކުގެ އިތުރުން ހޮޓާތަކެވެ.
ކޮލަމްބޯގައި އެންމެ ފަހުން ހިންގި އޮޕަރޭޝަނެއްގައި، އެމެރިކާގެ ރައްޔިތުންނަށް އަމާޒުކޮށްގެން އިންވެސްޓްމަންޓް ފްރޯޑް ހިންގަމުންދިޔަ ބޭރުގެ ނެޓްވޯކެއް ވަނީ އަތުލައިގަނެފައެވެ. މި ރައިޑްގައި ފޭކް ބިޒްނަސް ސެޓްފިކެޓްތަކާއި، މާލީ ލިޔެކިޔުންތަކާއި، އިލެކްޓްރޯނިކް ސާމާނުގެ އިތުރުން ގިނަ އަދަދެއްގެ ޕާސްޕޯޓްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ސައިބަރ ކްރައިމް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ސްރީލަންކާއަކީ މިފަދަ ގްރޫޕްތަކަށް މާހައުލު ފަހި ތަނަކަށްވީ ވިސާ ހޯދުމުގެ ފަސޭހަކަމާއި، ކުއްޔަށް ހިފާނެ ތަންތަން އަގުހެޔޮކޮށް ލިބުމުގެ އިތުރުން، މުއާސަލާތީ ޚިދުމަތްތައް ބެލެހެއްޓުމުގައި ހުރި ދޫތަކުގެ ސަބަބުންނެވެ.
މީގެ ކުރިން މިޔަންމާ އަދި ކެމްބޯޑިއާ ފަދަ ގައުމުތަކުގައި ބޮޑެތި "ކޮމްޕައުންޑް" ތަކެއްގެ ގޮތުގައި މި މަސައްކަތް ހިންގި ނަމަވެސް، ސްރީލަންކާގައި މި ގްރޫޕްތަކުން މަސައްކަތް ކުރަނީ ވަރަށް ބޮޑަށް ސިއްރުވެރިކޮށެވެ. މިގޮތުން އެއް ތަނެއްގައި ގިނަ ދުވަހު މަޑުނުކޮށް، އެކި ހޮޓާތަކާއި އެޕާޓްމަންޓްތަކަށް ދޭތެރެދޭތެރެއިން ބަދަލުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވުންތަކެއް ހުރިއިރު، ޗައިނާ ފަދަ ގައުމުތަކުން ވަނީ މިފަދަ ޖަރީމާތައް ހުއްޓުވުމަށް ސްރީލަންކާގެ ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ. ސެކިއުރިޓީ ތަޖުރިބާކާރުން އިންޒާރު ދޭ ގޮތުގައި، ސައިބަރ ކްރައިމާ ދެކޮޅަށް ހަރުދަނާ ގާނޫނުތަކެއް އެކުލަވައިލައި، މުއާސަލާތީ ޚިދުމަތްތައް ހަރުކަށިކޮށް ނުބެލެހެއްޓޭ ނަމަ، ސްރީލަންކާއަކީ ސަރަހައްދީ ފެންވަރުގައި އޮންލައިން ވައްކަމުގެ މައި މަރުކަޒަކަށް ވެގެންދިއުމުގެ ބިރު އެބައޮތެވެ.

KOR
AUS
MAR
ކިޔުންތެރިންގެ ހިޔާލު