ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަކީ ދުވަހަކަށްވުރެ ދުވަހެއް ރައްޔިތުންގެ އިތުބާރާއެކު ވަރުގަދަވަމުން އަންނަ ޕާޓީއެއް ކަމަށާއި، އެ ޕާޓީގެ ސިޔާސަތުތައް ބިނާވެފައި ވަނީ ދިވެހި ގައުމިއްޔަތާއި މިނިވަންކަން ހިމާޔަތްކުރުމުގެ މައްޗަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އަމާޒުތަކާއި ސިޔާސަތުތައް ސާފުކަން ފާހަގަކުރައްވައި ޚަލީލް ވިދާޅުވީ، އެ ޕާޓީއަކީ ގައުމުގެ ކަނޑާއި ބިމުގެ ސިޔާދަތު ރައްކާތެރިކޮށް، ގައުމުގެ އިގްތިސާދު ސިންދަފާތުކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.
އަދި ރާއްޖެ ޖެހިފައިވާ ދަރަނީގެ ދަންތުރައިން ސަލާމަތްވެ، މާއްދީ އަދި މަޢުނަވީ ތަރައްގީ ގައުމަށް ގެނައުމަކީ އެ ޕާޓީގެ އެންމެ މަތީ އެއް ލަނޑުދަނޑިކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީއަކީ އެމްޑީޕީ ފަދައިން އޮޅުންބޮޅުން އަރާފައިވާ "ކަންވާރު ބޮޅެއް" ނޫންކަން ފާހަގަކުރައްވައި ޚަލީލް ވިދާޅުވީ، އެ ޕާޓީގެ ލީޑަރޝިޕް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި އެކަތިގަނޑެއްގެ ގޮތުގައި، ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އަޒުމުގައި ކަމަށެވެ.
މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ގުޅުވައި ޕީއެންސީގެ ބައެއް ބޭފުޅުންނަށް އަމާޒުކޮށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޚަލީލް ވިދާޅުވީ، ރައީސް މުއިއްޒުގެ ލީޑަރޝިޕުން އެ ބޭފުޅުން ދުރުކުރަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅަކީ އެފަދަ ވާހަކަތަކަށް ޖާގަ އޮތް ވަގުތެއް ނޫން ކަމަށެވެ.
ޚަލީލްގެ މި ވާހަކަތަކުން ދޭހަވަނީ ޕީއެންސީގެ އެތެރޭގެ ހަމަޖެހުމާއި، ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް އެ ޕާޓީގެ ލީޑަރޝިޕްގައި އޮތް ފުރިހަމަ އިތުބާރެވެ.

ވަރަށް ބޮޑު ކުށް ހީއެއް. ޕީއެއްސީ ދުވަހެއް ދުވަހަކަށް ދާނީ ވަރުގަދަ ވަމުން، އިންޝާﷲ! މިއީ ދިވެހި ގައުމު އިސްކުރާ ޕާޓީ! މިއީ ދިވެހި ރައްޔިތުން އިސްކުރާ ޕާޓީ! މިއީ ދިވެހި ގައުމުގެ ކަނޑާ ބިން އިސްކުރާ ޕާޓީ! މިއީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު އިސްކުރާ ޕާޓީ! މިއީ ގައުމުގެ… pic.twitter.com/vExcdBc9vw
— Abdulla Khaleel (@abkhaleel) June 19, 2026
އަދި ރާއްޖެ ޖެހިފައިވާ ދަރަނީގެ ދަންތުރައިން ސަލާމަތްވެ، މާއްދީ އަދި މަޢުނަވީ ތަރައްގީ ގައުމަށް ގެނައުމަކީ އެ ޕާޓީގެ އެންމެ މަތީ އެއް ލަނޑުދަނޑިކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީއަކީ އެމްޑީޕީ ފަދައިން އޮޅުންބޮޅުން އަރާފައިވާ "ކަންވާރު ބޮޅެއް" ނޫންކަން ފާހަގަކުރައްވައި ޚަލީލް ވިދާޅުވީ، އެ ޕާޓީގެ ލީޑަރޝިޕް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި އެކަތިގަނޑެއްގެ ގޮތުގައި، ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އަޒުމުގައި ކަމަށެވެ.
މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ގުޅުވައި ޕީއެންސީގެ ބައެއް ބޭފުޅުންނަށް އަމާޒުކޮށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޚަލީލް ވިދާޅުވީ، ރައީސް މުއިއްޒުގެ ލީޑަރޝިޕުން އެ ބޭފުޅުން ދުރުކުރަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅަކީ އެފަދަ ވާހަކަތަކަށް ޖާގަ އޮތް ވަގުތެއް ނޫން ކަމަށެވެ.
ޚަލީލްގެ މި ވާހަކަތަކުން ދޭހަވަނީ ޕީއެންސީގެ އެތެރޭގެ ހަމަޖެހުމާއި، ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް އެ ޕާޓީގެ ލީޑަރޝިޕްގައި އޮތް ފުރިހަމަ އިތުބާރެވެ.

KOR
AUS
MAR
ކިޔުންތެރިންގެ ހިޔާލު