ލިޔެކިޔުމުން ނޫނީ މާލެ ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކުރެއްވުމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ނިންމަވައިފިއެވެ.
މިކަން ހާމަވެފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި، މޭޔަރު އާދަމް އާޒިމް މިނިސްޓަރުގެ ސިޓީއެއް އިއްވެވުމާ ގުޅިގެންނެވެ.
މާލޭގެ ތަރައްގީއާ ގުޅުންހުރި ގިނަ މައްސަލަތަކެއްގައި މިނިސްޓަރާ ބައްދަލުނުކުރެވި ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވިދާޅުވެ، މިދިޔަ އާދިއްތަ ދުވަހު މޭޔަރު އާޒިމާއި ކައުންސިލަރުން ވަނީ ދަރުބާރުގެއަށް ވަޑައިގެންފައެވެ. އެ ދުވަހު މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރު ބުރަކޮށް އުޅުއްވާތީ، މި ހަފުތާގެ ތެރޭގައި ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ނަމަވެސް، މިއަދު މިނިސްޓަރު މުއްތަލިބު މޭޔަރަށް ފޮނުއްވި ސިޓީގައި ވަނީ، މޭޔަރާއެކު ދެކެވޭ ވާހަކަތަކުގެ ހަގީގަތް އޮޅޭ ގޮތަށް އެކި މަންސަތަކުގައި މޭޔަރު ވާހަކަދައްކަވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ސަރުކާރުގެ މަޝްރޫއުތަކަށް މޭޔަރުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، މީގެ ފަހުން އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ލިޔުމުން މުއާމަލާތް ކުރުން ކަމަށް މިނިސްޓަރު ވަނީ ކަނޑައަޅުއްވާފައެވެ.
މި ތުހުމަތުތަކަށް ރައްދު ދެއްވަމުން މޭޔަރު އާޒިމް ވިދާޅުވީ، މިހާތަނަށް މިނިސްޓަރު މުއްތަލިބާއެކު އެއްވެސް ބައްދަލުވުމެއް ބޭއްވިފައި ނުވާ ކަމަށާއި، ފޯނުން ވެސް ވާހަކަ ދެކެވިފައި ނުވާ ކަމަށެވެ.
މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ، މިނިސްޓަރުގެ މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ސަރުކާރު ބަދުނާމުވަމުންދާ ކަމަށެވެ. އަދި މާލޭގެ ކަންކަމާ ގުޅޭގޮތުން މިހާތަނަށް ގިނަ އަދަދެއްގެ ސިޓީ މިނިސްޓްރީއަށް ފޮނުވާފައިވާނެ ކަމަށާއި، ނަމަވެސް އެއިން އެއްވެސް ސިޓީއަކަށް މިހާތަނަށް ޖަވާބެއް ދީފައި ނުވާކަން އާޒިމް ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނާ ގޮތުގައި، މާލޭގެ ރައްޔިތުންނާ ގުޅުންހުރި މުހިންމު މަޝްރޫއުތައް ކުރިއަށް ނުގެންދެވި ހުއްޓިފައިވަނީ މިނިސްޓްރީގެ އެއްބާރުލުން ނުލިބުމުގެ ސަބަބުންނެވެ. ނަމަވެސް މިނިސްޓަރު މުއްތަލިބު ވަނީ މޭޔަރުގެ ފަރާތުން މަޝްރޫއުތަކަށް އެއްބާރުލުން ނުލިބޭ ކަމަށް ތުހުމަތުކުރައްވައި، ކައުންސިލުން ބޭނުންވާ ކަންކަން މީގެ ފަހުން ލިޔުމުން ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.

JOR
COD
CRO
ކިޔުންތެރިންގެ ހިޔާލު