އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކޮށްފިއެވެ.
އެމްޑީޕީގެ ސެކްރެޓޭރިއެޓުން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ގަރާރު، ޖަލްސާއަށް ވަޑައިގެންނެވި ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއެކު ވަނީ ފާސްވެފައެވެ.
މި ގަރާރުގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ތިން ކަމަކަށެވެ. އެއީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި އޮތުމާއި، ސިޔާސީ ސަބަބުތަކާ ހުރެ ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމާއި، އަދި އެކި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ސިޔާސީ ދައުވާތައް އުފުލަމުންދާ މައްސަލައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ފުރަތަމަ މި ޖަލްސާގައި، ސަރުކާރުން ހުއްޓުވާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ރަށު ކައުންސިލްތަކުން ހަވާލުވެ އެ މަސައްކަތްތައް ނިންމުމަށްފަހު ރައްޔިތުންނަށް ޚިދުމަތް ދޭން ފެށުމަށްޓަކައި، ކައުންސިލްތަކާއެކު އެމްޑީޕީން މަސައްކަތް ކުރުމަށް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން، ސިޔާސީ ކަންކަމާ ގުޅުވައިގެން ވަޒީފާތަކުން ވަކިކުރާ ފަރާތްތަކަށާއި ސިޔާސީ ދައުވާތައް އުފުލާފައިވާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަމާއި އެހެނިހެން އެއްބާރުލުން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުމަށްވެސް ރޭގެ ޖަލްސާގައި ވަނީ ނިންމާފައެވެ.
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ފާސްކުރި އިރު، އެ ޕާޓީން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު "ލޫޓުވައިފި" ނަމުގައި މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވާފަ އެވެ. އެ މުޒާހަރާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލް މެންބަރު ޒާޔާގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.

EGY
ކިޔުންތެރިންގެ ހިޔާލު